ސްޓާޕްލަސްގެ ކާމިޔާބު ސީރީޒް ކަސައުޓީ ޒިންދަކީ ކޭ ރީބޫޓްގައި އަނޫރާގު ބާސޫގެ ރޯލު ކުޅެމުން އަންނަ ޓީވީ ތަރި ޕާތު ސަމްތާން ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާ ގުޅިގެން އެ ސީރީޒްގެ ޝޫޓިން ހުއްޓާލަައި ޕާތާއި ކްލޯޒް ކޮންޓެކްވި އެންމެން ޓެސްޓް ހެދުމަށްވެސް ވަނީ އަންގާފައެވެ.
ޕާތަށް ކޮވިޑް ޖެހުނު ކަން އޭނާގެ ޓްވިޓަރ މެދުވެރިކޮށް ވަނީ ހިއްސާކޮށްފައެވެ.
“ކޮވިޑް-19 އަށް އަހަރެން ފައްސިވެއްޖެ. އަހަންނާއި ގާތުގައި މިދިޔަ ދުވަސްކޮޅުގައި އުޅުނު އެންމެން ޓެސްޓް ހެދުމަށް އަހަރެން އެދެން. އަހަރެން މިހާރު މިހުރީ އަމިއްލައަށް ކަރަންޓީނުވެގެން. ބީއެމްސީން ދެމުން އަންނަ ސަޕޯޓަށްޓަކައި ޝުކުރުވެރިވަން.” ޕާތުގެ ޓްވީޓުގައި ވެއެވެ.
Hi guys ,I have tested Postive for covid 19 and I would urge and request everyone whose been with me in close promitixy over the last few days please go and get yourself tested . am in self quarantine and I thank BMC for all their support ,Please be safe and takecare !
— Parth Samthaan (@LaghateParth) July 12, 2020
ބާލާޖީ ޓެލެފިލްމްސްގެ ކަސައުޓީ ޒިންދަގީ ކޭ ގެ ޕްރޮޑިއުސަރުން ނެރުނު ބަޔާނެއްގައިވެސް މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!