އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމުކުރުމަށް ނިންމާފައިވާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު ހަވާލުކޮށް ދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. އަދި، ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖެ ގެނައި މި ސާމާނުތަކުގެ އަގު ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި، 61 ރަށުގައި މި ސާމާނުތައް ބެހެއްޓުމަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭއިރު، މި ހުރިހާ ޚަރަދެއް ވެސް ކުރުމަށް ނިންމާފައި ވަނީ އިންޑިއާގެ ސަރުކާރުން ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މިއަދަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ވެގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އައުޓްޑޯ ޖިމް ސާމާނު ހަދިޔާކުރުމަށް ނިންމާފައި ވަނީ މީގެ ދެ އަހަރު ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އަދި، އެ ދަތުރުގައި ކުދި ޕްރޮޖެކްޓުން ފެށިގެން ބޮޑެތި ޕްރޮޖެކްޓްތަކާ ހަމައަށް ރާއްޖެއަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް އިންޑިއާގެ ސަފީރު ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި