ދިވެހި ފިލްމް ޕޮރޮޑިއުސަރުންނާއި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މަޢުމޫން ބައްދަލު ކުރައްވައިފިއެވެ.
އޮންލައިންކޮށް އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ދިވެހި ފިލްމު އުފެއްދުމަށާއި، ޖުމްލަކޮށް ދިވެހި ފިލްމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމާ ބެހޭގޮތުން ޕްރޮޑިއުސަރ/ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ ޕްރޮޑިއުސަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެވުނު ކަމަށެވެ.
ޕްރޮޑިއުސަރ/ޑައިރެކްޓަރ އަލީ ސީޒަން ބުނީ މިއަދުގެ މީޓިންގައިވެސް ހަމަ އެހެން މީޓިންތަކެކޭ އެއްގޮތަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން، ފިލްމީ ދާއިރާގެ މަސައްކަތްކުރާ ފަންނާނުންނަށް ކޮށްދެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
“ދެން އަބަދުވެސް މިކަހަލަ މީޓިންތައް ނިންމާލާފަ ކޮންމެ ފަހަރަކުވެސް ހިތަށް އަރަނީ ހުވަފެނަކީ ހިލޭ ބެލޭ އެއްޗެކޭ ލާރި ދައްކާކަށް ޖެހޭ އެއްޗެއް ނޫނޭ. ހަމަ އެކަހަލަ ގޮތަކަށް އަދި މިދަނީ. އެކަމަކު ވަރަށް އުފާވޭ ކަންތައްތަކެއް ކުރަން ބޭނުންވެގެން ވާހަކަދައްކާތީވެ. ދެން އުއްމީދު މިކުރަނީ ކޮންމެވެސް ދުވަހަކުން މި ކަންކަން ކުރެވޭނެ ކަމަށް.” ސީޒަން ބުންޏެވެ.
“ދެން އެކަމަކު ބޮޑަށް ހަމަ އަޅުގަނޑު ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފާހަގަކޮށްލީ ޕީއެސްއެމްގެ އިސްވެރިން ވައްކަންކުރާ ވާހަކަ. އެއީ ގާނޫނެއްގަ ވަރަށް ސަރީހަކޮށް ލިޔެފަ ފަންނާނުންގެ އަތުން ވަކި އަދަދަކަށް އެއްޗެހި ގަންނަން ޖެހޭނެކަމަށް އޮއްވާ ކަނޑައެޅިގެން އެ ގާނޫނާ ޚިލާފަށް އެތަން ހިންގާތާ މިހާރު އެތައް ޒަމާނެއް މިވަނީ. އެހެންވީމަ މިހާރުން މިހާރަށްވެސް ޕީއެސްއެމްގެ އިސްވެރިން އިސްތިއުފާ ދީފަ އަވަހަށް ގެއަށް ވަޑައިގަންނަވާށޭ އަޅުގަނޑު ބުނާނީ.” މައިގަނޑުގޮތަކަށް ސީޒަން ހުށައެޅި ކަންތައްވެސް ކިޔައިދިނެވެ.
ފިލްމު ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނީ މީޓިންއަށް ޖޮއިންކުރެވުނީ މީޓިންގެ އެއްބަޔަށް ކަމަށާ އޭރު ބޮޑަށް ދެއްކީ ޑްރާމާތަކުގެ ވާހަކަ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ޕްރޮޑިއުސަރުންނާ އާޓްސް މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ