ރީތި ޑުއެޓްތަކެއް ގެނެސްދެމުން އަންނަ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާގެ މަޑުމައިތިރި ލޯބީގެ ލަވަ “ގުނަމުން މިދާ” މިހާރު ޔޫޓިއުބުން އަޑުއަހައިލެވޭނެ އެވެ. މިއީ ކަޕްލްއެއްގެ އެދުމަކަށް ހަދާފައިވާ ލައެއް ކަމަށް ކުޑަ އިއްބެ ބުނެއެވެ.
ކުޑަ އިއްބެގެ ހިތްގައިމު އަޑުން ކިޔާފައިވާއިރު، ލަވައިގެ މިއުޒިކް ހެދީ ވެސް ކުޑަ އިއްބެއެވެ. ލަވަ ކޮމްޕޯސްކުރީވެސް ކުޑަ އިއްބެ އެވެ. ލަވައިގެ ޅެން ލިޔުނީ ހުސައިނެވެ.
ދިވެހި އަމިއްލަ އުފެއްދުންތަކަށް ބޮޑު އިސްކަމެއް އަބަދުވެސް ދެމުން އަންނަ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)އަށް 2018 ވަނަ އަހަރު ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިންނާއި ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.
މިއީ އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯގެ އުފެއްދުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!