މުނިއަވަސް އޮންލައިން މަދަހަ މުބާރާތް 1441 އަށް ހުށައަޅާފައިވާ ވީޑިއޯތައް، އެޑިޓިން ހެދުމަށްފަހު އާއްމުކުރުމަށް ކުރިން ނިންމާފައިވާ ތާރީޚް ފަސްކޮށްފިއެވެ. ވީޑިއޯތައް އާއްމުކުރުން ފަސްކުރީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު މިމަހު 17 ވަނަ ދުވަހަށް އިތުރުކޮށްފައި ވުމާއި، ވީޑިއޯތައް އެޑިޓްކުރުމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވާތީއެވެ.
މުބާރާތަށް ހުށައެޅި ވީޑިއޯތައް އާއްމުކުރުމަށް މިހާރު ހަމަޖެހިފައިވަނީ 15 އޯގަސްޓް 2020 ވަނަ ދުވަހު ހެނދުނު 08:00 ގައެވެ.
މި ބަދަލު ގެނެސްފައިވަނީ މުބާރާތުގެ ޤަވާޢިދުގެ 12 ވަނަ ނުކުތުގައިވާ ގޮތަށް އަމަލުކުރުމަށްފަހުއެވެ. ގަވާއިދުގެ 12 ވަނަ ނުކުތާގައިވަނީ:
12 – މައްސަލަ ހައްލުކުރުން
ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ނިންމާނީ މުނިއަވަސް ގެ ފަރާތުން މުބާރާތް ހިންގުމަށް އެކުލަވާލާފައިވާ ޓީމަކުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.
މި ބަދަލާއެކު، ޤަވާޢިދުގެ 11 ވަނަ ނުކުތާގައިވާ ނަތީޖާ އިޢުލާާނުކުރުމުގެ ތާރީޚްވެސް ވަނީ ފަސްކުރަން ޖެހިފައެވެ. 01 އޯގަސްޓް 2020 ގައި ނަތީޖާ އާއްމުކުރަން އޮތް އޮތުން 31 އޯގަސްޓް 2020 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ތާރީޚްތަކަށް މި ގެނެވުނު ބަދަލުތައް، ދިމާވާ ސަބަބަކާ ހުރެ ފަސްކުރަން ޖެހިއްޖެ ނަމަ، އަމަލުކުރާނީ ޤަވާޢިދުގެ 12 ވަނަ ނުކުތާއަށް ރިއާޔަތްކުރުމަށް ފަހުއެވެ.
މިއީ އިއްޔަ ރެކޯޑްސް އިން ސްޕޮންސަރކޮށްފައިވާ މުބާރާތެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި