‘އައިކިއު ޕްރޮޑަކްޝަންސް’ އާއި ‘އާރް ޓޫ ޒީ’ އަދި ‘އާރް ސްކޮޔާޑް’ ގުޅިގެން އުފައްދާ ބައިސްކޯފުން ދައްކަމުން އަންނަ ”އެހެނަސް“ ސީރީޒްގެ ސީޒަން 2ގެ ސީޒަން ބްރޭކަށްފަހު އެޕިސޯޑް 05 މިރޭ 09:30 ދައްކާނެކަމަށް ބައިސްކޯފުން ބުނެފިއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަޙްމަދު އިޤުބާލް (އައިކިއު)ގެ ވާހަކަ ”އެހެނަސް ހަމަ ލޯބިވެޔޭ..“ ގެ މައްޗަށް އުފައްދާފައިވާ ވެބް ސީރީޒް ސީޒަން ބްރޭކަށް ދިޔައިރު، ބޮޑު ޓްވިސްޓެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަނގާކުރުމާއި ގެވެށި އަނިޔާ އަދި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ރަނޑު, ޒުވާން ފިރިހެނެއްގެ ވާހަކަ ކިޔައިދޭ މި ސީރީޒްގައި ފިލްމީ ދާއިރާާއަށް އައު، ބޮޑު ކާސްޓެއް ހިމެނެއެވެ.

ސީރީޒްގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި މުޙައްމަދު ވިޝާލް (ރޯމަން)، ފާޠިމަތު ޝަރާ އާދަމް، ޢާއިޝަތު ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، މުޙައްމަދު މަނިކު، އަޙްމަދު ޝާރިފް، އާމިނަތު ސިލްނާ، މުޙައްމަދު ޔުނާން، ފާޠިމަތު ރިހްލާ (ރިހޫ)، ޢަލީ ނަދީހް (ޗަންނަ)، އާމިނަތު ޝަމާނާ، މަރިޔަމް ވަޙީދާ (ޔަމް) އަދި މަރިޔަމް ޙަލީމް ހަރަކާތްތެރިވެއެވެ،

ސީރީޒްގެ ދެވަނަ ސީޒަނުން އަލަށް ފެނިގެންދާނެ ތަރިންގެ ތެރޭގައި ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް އަދި އަލަށް ތަޢާރަފުކުރާ އަޒްމަން ޢަބްދުﷲ އާއި އާމިނަތު ޝުހާ ހިމެނެއެވެ. އަދި ވަރަށް ޚާއްސަ ރޯލަކުން ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫޤްވެސް ފެންނާނެއެވެ.

”އެހެނަސް“ ގެ ފުރަތަމަ ސީޒަނާއި ޚިލާފަށް ދެވަނަ ސީޒަންގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނެޓާއި 40 މިނެޓާއި ދެމެދުގެ ވަގުތެކެވެ.

މިއީ ބައިސްކޯފުން މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް ވެބް ސީރީޒެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.