ތ އަތޮޅުން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެތީ އެސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 21:00ން ފެށިގެން މެންދަމު 01:00 އަށް އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އެސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މީގެ އިތުރުން މިރޭ 08:00އިންް މާދަމާރޭ 08:00އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ބުނެއެވެ. އަަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ހާމަކުރައްވައެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް ލަފާކުރެއެވެ.
ކަނޑުތަކުގެ ރާޅުގެ އުސްމިން ދެކުނުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ގެ ޓިކެޓް ވިއްކަން ފަށައިފި
- 8 ނޮވެމްބަރ 2024ޚަބަރުހިލްމީގެ “ލަމްހާ” ގެ ނަން އާއްމުކޮށްފި
- 6 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޓްރެއިލާއިން އެހެން ޝަރަފެއް
- 1 ނޮވެމްބަރ 2024ޚަބަރުނޫމާއަށް އެކްޓްކުރަން އެންމެ ފަސޭހައީ ކާކާ އެކުގައިބާ؟