1927ވަނަ އަހަރު ވުޖޫދަށް އައި މަޖީދިއްޔާ ސްކޫލުގައި ބޭނުންކުރުމަށް ދެ ލަވަ އޮވެއެވެ. 1960ގެ އަހަރު ތަކާއި 1970ގެ އަހަރުތަކުގައި ރަސްމީކޮށް ބޭނުންކުރީ އިނގިރޭސި ލަވައެވެ. ދިވެހި ލަވަ އަކީ މިހާރު ބޭނުންކުރަމުން އަންނަ ލަވައެވެ. “މަޖީދީ މަޖީދީ ފަަޚްރުވެރި ހިޔާ” މި ލަވައެވެ.

މަޖީދިއްޔާ ސްކޫލުގެ ލަވައަކީ ޖޯޝުން ފުރިގެންވާ ހިތްގައިމު ލަވައެކެވެ. ނަމަވެސް މި ލަވައިގެ ރާގަކީ ދިވެހިންގެ އަމިއްލަ ރާގެއްކަމާމެދު ސުވާލު އުފެދޭ ފަދަ ލަވައެއް ދާދިފަހުން ބައެއް ދިވެހިންގެ ފޭސްބްކް ތެރެއިން މިވަނީ ފެނިފައެވެ. “بلادي بلادي فداك دمي” (ބިލާދީ ބިލާދީ ފިދާކީ ދަމީ) މި ލަވައެވެ. ޅެމުގެ ވަޒަން ހަމަ އެއްގޮތެވެ. މިކަން މިނެކިރާލުމަށް ދެ ލަވަ އަޑު އަހައިލާށެވެ. މައުޟޫއާއިގެން ކުރިއަށް ދާނީ އޭގެ ފަހުންނެވެ.

http://majeediyya.edu.mv/web/school-song

“بلادي بلادي فداك دمي” (ބިލާދީ ބިލާދީ ފިދާކީ ދަމީ) ލަވައަކީ ފަލަސްޠީނުގެ ފޯކްލޯރް ދިރުވައި އާލާކުރުމަށް ހިންގި ޕްރޮޖެކްޓެއްގައި ޒިނޯބިއާ ނޭޝަނަލް އެސެމްބްލް އިން ގެނެސްދިން އޯކެސްޓްރާ ކޮޔާއެކެވެ.

بلادي بلادي فداك دمي —- وهبت حياتي فدى فاسلمي
غرامك أول ما في الفؤاد —- ونجواك آخر ما في فمي
سأهتف باسمك ما قد حييت —- تعيش بلادي ويحيا الملك
بلادي بلادي إذا اليوم جاء —- ودوى النداء وحق الفداء
فحيي فتاك شهيد هواك —- وقولي سلاما على الأوفياء
سأهتف باسمك ما قد حييت —- تعيش بلادي ويحيا الوطن

“بلادي بلادي فداك دمي” (ބިލާދީ ބިލާދީ ފިދާކީ ދަމީ) މި ލަވައިގެ އަސްލު ހޯދުމަށް ކުރެވުނު މަސައްކަތުން އެނގުނީ މިއީ “أغاني و أناشيد فلسطين و بلاد الشام 1932 – 1947” (ފަލަސްޠީނާއި ބިލާދުއް ޝާމްގެ ލަވަ އާއި މަދަހަ) އަލްބަމުގައި ހިމެނޭ މަދަހައެއް ކަމެވެ. މި އަލްބަމްގެ ތާރީޚެއް ކަމަށް އެނގެން އޮތީ 1932-1947 އެވެ.

މަދަހައިގެ ނަން: “بلادي بلادي فداك دمي” (ބިލާދީ ބިލާދީ ފިދާކީ ދަމީ) “އަހަރެން ޤުރުބާން ވާނީ ލެއިން”
ޅެން: މުޙައްމަދު މަހްމޫދު ޞާދިޤް
ރާގު: ޢަބްދުލް ހާމިދު ޢަބްދުއް ރަޙްމާން

ރާގާއި ޅެމުގެ ވަޒަން ނަކަލުކުރީ ކޮން ބައެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އެނގޭ ކަމަކީ މަޖީދިއްޔާ ސްކޫލުގެ ފަޚްރުވެރި ލަވައަކީ 1932 – 1947 މި ތާރީޚްގައި ފަލަސްޠީނުގައި ކިޔައި އުޅުނު ލަވައެއް ނުވަތަ މަދަހައެއްގެ ރާގު ކަމެވެ. ޅެން ހެދުމުގައި ބޭނުންކޮށްފައިވަނީ ވެސް ޢަރަބި ޅެމުގެ ވަޒަނާއި ޅެމުގެ އެހެނިހެން ސިފަތަކެވެ.

މި ލަވަ ފޭސްބްކް ތެރެއަށް ޝެއާކުރަމުން ދިވެހި މިއުޒީޝަނެއް ބުނެފައިވަނީ މިހެން

ރާއްޖޭގެ މިއުޒިކީ ފަންނުގައި އަރައިހުންނެވި އިކްރާމަށް ޓެގްކޮށް ފޯރޑް މުޙައްމަދު ބުނެފައިވަނީ “ވަޓް ޑޫ ޔޫ ތިންކް ސަރ، އައި ވޯޒް އަ ޕްރައުޑް މަޖީދިއްޔަން” މިހެންނެވެ. ފޯރޑް ހިއްސާކުރި ލިންކު ތިރީގައި އެވަނީއެވެ.

https://www.facebook.com/fordister/videos/1718094725007636

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.