ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތަށް ކެންސަރުޖެހފައި ވާތީ، ވީހައި އަވަހަކަށް ފަރުވާ ހޯދުމަށް އެމެރިކާއަށް ދިއުމަށް ނިންމައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ނޭވާ ހާސްވެ ބަލިވެގެން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ގެޔަށް ދޫކޮށްލާފައި ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ބޭސްފަރުވާ ކުރުމަށްޓަކައި ފިލްމީ މަސައްކަތުން އޭނާ ދުރަށްޖެހިލާ ކަމަށާއި ސަޕޯޓަރުން ކަންބޮޑު ނުވުމަށެވެ.
ސަންޖޭގެ ޓްވީޓްގައި ބުނީ: “އެންމެހާ އެކުވެރިންނޭ، މަސައްކަތުން އަހަރެން ކުޑަ ބްރޭކެއް އެބަ ނަގަން ސިއްހީ ފަރުވާއަކަށް ދިއުމަށްޓަކައި. އަހަރެންގެ އާއިލާ އާއި ރައްޓެހިން އަހަންނާއެކު އެބަ ތިބި، އަހަންނަށް ހެޔޮ އެދޭ އެންމެންގެ ކިބައިން އަހަރެން އެދެން ހާސްނުވުމަށާ ބޭކާރު ގޮތްގޮތަށް ހީނުކުރުމަށް. ތި އެންމެންގެ ލޯތްބާއި ހެޔޮއެދުމާ އެކު އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން.”
ނަމަވެސް ފިލްމު ކްރިޓިކް ބުނާ ގޮތުން ބޮލީވުޑްގެ ‘ބާބާ’ އަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައެވެ. ކްރިޓިކް ކޮށްފައިވާ ޓްވީޓްގައި ބުނީ: “ސަންޖޭދަތަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައި. އަވަސް ޝިފާއަކަށް އެދި ދުޢާކުރަމާ ހިންގާ.” މިހެންނެވެ.
ސަންޖޭދަތުގެ ގާތް ރައްޓެއްސަކު ޓައިމްސް އޮފް އިންޑިއާއަށް ބުނީ ސަންޖޭދަތު ހުރީ މުޅިން އެއްގޯސްވެފައި ކަަމަށެވެ. އިތުރަށް އޭނާ ބުނީ ސަންޖޭދަތު ކަންބޮޑުވަނީ ދުބާއީގައި ތިބި އޭނާގެ ދަރިންނާ މެދުގައި ކަމަށެވެ. ދަރިން ތިބީ އެކުދިންގެ މަންމަ، މާނަޔާތާ ދަތު އާއި އެކުގައެވެ. ކެންސަރަކީ ރަނގަޅު ކުރެވޭ ބައްޔެއް ކަމަށާއި ނަމަވެސް އެކަމަށް ވިހާވެސް އަވަހާ ފަރުވާ ހޯދަން ޖެހޭކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ސަންޖޭދަތު ވަރަށް އަވަހަށް އެމެރިކާއަށް ދިއުމަށް ފުރާނެއެވެ.
މިމަހު08 ވަނަ ދުވަހު ނޭވާ ހާސްވެ ބަލިވުމުން ސަންޖޭދަތު ވަނީ ކޯވިޑް ހުރިތޯ ބެލުމަށް ލީލާވަތީ ހޮސްޕިޓަލުގައި ޓެސްޓް ވެސް ކޮށްފައެވެ. ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!