ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރައީސް މަޢުމޫން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް މިރޭ 10 ޖަހާކަންހާއިރު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މަޢުމޫން ކުރެއްވި ޓްވީޓް ވިދާޅުވީ، އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހެދި ސާމްޕަލް ފައްސިވެފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އަވަސް ޝިފާޢަކަށް އެދިވަޑައިގެންފައެވެ.

ރައީސް މަޢުމޫން ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރެއްވުމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ އާންމުން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރައްވާ ޓުވީޓް ކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.