ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައި ބޮޑު ކާމިޔާބީއެއް ހޯދި މެގަހިޓް ފިލްމު ‘ބާހޫބަލީ” އުފެއްދި އޯމް ރާއުތު އުފައްދާ “އާދީޕުރުޝް” އިން ސައިފް ޢަލީ ޚާން ފެނިގެންދާނީ ދުނިޔޭގެ އެންމެ ތޫނުފިލި ނުލަފާމީހާގެ ރޯލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލްމު “އާދީޕުރުޝް”ގައި ‘ލަންކޭޝް’ގެ ރޯލުން ސައިފް ފެނިގެންދާއިރު، “ބާހޫބަލީ”ގެ ލީޑުން ފެނިގެންދިޔަ ހުނަރުވެރި އެކްޓަރު ޕްރަބާސް ފެނިގެންދާނީ ‘ލޯޑް ރާމާ’ގެ ރޯލުންނެވެ.
https://www.youtube.com/watch?v=JrkuPNRxZs0
ފިލްމުގެ އައު ޕޯސްޓަރު ރިލީޒްކުރަމުން، ޑައިރެކްޓަރ އޯމް ރާއުތު އާއި އޭނާގެ ޓީމުން ވަނީ ދުނިޔޭގެ އެންމެ ތޫނުފިލި ނުބައިމީހާގެ ރޯލުން ސައިފް ޢަލީ ޚާން ފެންނާނެކަން ހާމަކޮށްފައެވެ. ޕޯސްޓަރު ނެރެމުން އޯމް ރާއުތު އާއި ޕްރަބާޝްގެ ޓްވިޓަރގައި ބުނީ “7000 އަހަރު ކުރިން ދުނިޔޭގެ އެންމެ ތޫނުފިލި ނުބައިމީހާ (ޑީމޮން) ދިރިއުޅުނު ކަމަށެވެ.”
ޕްރަބާސް އާއި އޯމް ރާއުތު އާއި އެކުގައި މަސައްކަތްކުރުމާމެދު ސައިފް ޢަލީ ޚާން ބުނީ “އޯމީ ދާދާ އާއި އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު އަނެއްކާވެސް ލިބުމުން ވަރަށް ބޮޑަށް އުފާކުރާކަމަށެވެ. އަދި އޯމް ރާއުތު ހެދި ފިލްމު “ތާންޖީ” އިން ދިން ފުރުޞަތުގެ ސަބަބުން އޭނާއަށް ސިނަމާގައި އިތުރު ހަރުފަތަކަށް އެރުނުކަންވެސް ފާހަގަކުރިއެވެ.
ސައިފް އާއި އެކުގައި މަސައްކަތްކޮށްލުމުގެ ފުރުޞަތު ލިބުމުން ޕްރަބާސް ވެސް ހުރީ ވަރަށް ބޮޑަށް އުފަލުންކަން ހާމަކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި