އެއްވެސް ޝައްކެއްނެތް ގޮތުގައި އިންޑިޔާ އަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ޝައުގުވެރި ކުރުވާ އެއް ޤައުމެވެ. އެ ގައުމާއިމެދު އަހަރެމެންގެ ސަމާލުކަން ހުއްޓެނީ ފެންނަން ހުރި ތަފާތު ތަކެއްގެ ސަބަބުންނެވެ. ހައިރާން ކުރުވަނިވި އާދަކާދަ އާއި ޘަޤާފަތުން ނެވެ. މިކަންކަމަކީ އެތަކެއް ބޭރު މީހުންނަށް ނޭނގި އޮންނަ ކަންކަމެވެ.

ބްރައިޓް ސައިޑް އޮންލައިން އިން މިވަނީ ހަވާދުގެ މި ޤައުމާއި ބެހޭ ވަރަށް ތަފާތު ‘ފަރާތެއް’ ދެއްކުމަށް 19 ކަމެއް ތިލަކޮށްފައެވެ.

19. އިންޑިޔާ ގައި 6 މޫސުމް އޮވެއެވެ.

ހިންދޫ ކަލަންޑަރު ބުނާގޮތުން، އިންޑިޔާ އަށް ހަ މޫސުމް އާދެ އެވެ. އެއީ ހޫނު މޫސުމް، ޚަރީފް މޫސުމް، ފިނި މޫސުމް، ބަހާރު މޫސުމް، ހުޅަނގު މޫސުމް އަދި ފިނި މޫސުމުގެ ކުރިން އަންނަ ދުންފިނީގެ މޫސުމެވެ.

18. ކަމަކަށް އާނ ބަސް ބުނުމަށް ބޭނުންކުރަނީ ތަފާތު ގޮތެއް

ކަމަކަށް އެއްބަސް ވާކަން އިޝާރާތުން އެނގުމަށް އާއްމުކޮށް ކޮށްއުޅޭ ކަމަކީ ބޯ ޖަހައިލުމެވެ. ނަމަވެސް މީގެ ބަދަލުގައި އިންޑިޔާ މީހުން ކުރާކަމަކީ ދެފަރާތަށް ބޯ ހަލުވައިލުމެވެ. ބަލާބެލުމަށް އެމީހުން އެބުނަނީ ނޫނެކޭ ކަމަށް އަހަރެމެންނަށް ހީވިޔަސް އެވެރިން އެބުނަނީ އާނއެކޭ އެވެ.

17. އިންޑިޔާއަކީ އެންމެ ގިނަ ވެޖިޓޭރިއަން މީހުން އުޅޭ ޤައުމެވެ.

ވެޖްޓޭރިއަނިޒަމް (މަސް ކެއުމަކީ ހަރާމް ކަމެއް ކަމަށް ދެކި، ހަމައެކަނި ތަރުކާރީގެ ބާވަތްތައް ކައި އުޅޭ އުޅުން) އަކީ ހިންދީ ދީނުގެ ޒަމާންވީ އެއް ސިފަ އެވެ. އެހެންކަމުން އިންޑިޔާގެ 60 އިންސައްތަ މީހުންނަކީ ވެޖިޓޭރިއަނުން ނެވެ. އިންޑިޔާ އަކީ އެންމެ ދަށް އިންސައްތަ އަކަށް މަހުގެ ބާވަތްތައް ބޭނުންކޮށް އުޅޭ ޤައުމު ވެސް މެއެވެ.

16. އިނގިރޭސިބަހުން ވާހަކަދައްކާ މީހުން އެންމެ ގިނައީ އިންޑިޔާގަ އެވެ.

އިންޑިޔާ ގައި އޮންނަނީ ރަސްމީ ދެބަހެވެ. އެއީ ހިންދީ ބަހާއި އިނގިރޭސި ބަހެވެ. އަދި ކިޔެއް ހެއްޔެވެ. ސަރުކާރު ޤަބޫލުކުރާ އިތުރު 17 ބަސް ވެސް އޮވެއެވެ. މުޅި އިންޑިޔާ ގައި 1650 ބަހުރުވަ އޮވެ އެވެ.

15. އިންޑިޔާ އަކީ ވަރަށް ބޮޑަށް ވައި ތަޣައްޔަރު ވެފައިވާ ޤައުމެކެވެ.

ބޮޑެތި ހުރިހައި ސިޓީ ތަކެއްގައިވެސް ވައި ތަޣައްޔަރު ވުމުގެ މައްސަލަ އޮވެއެވެ. ވެހިކަލް ތަކުގެ ދުންހޮޅިތަކުން ނިކުންނަ ދުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫ ވެއެވެ. އިންޑިޔާ ގެ މުންބާއީ އާއި އާ-ދިއްލީ ގައި އެއްދުވަސް ހޭދަކޮށްލުމަކީ 100 ސިނގިރޭޓް ބުއިމާއި އެއްފަދަ ކަމެކެވެ.

14. ދުނިޔޭގެ ހުރިހައި މައިގަނޑު ދީންތަކެއް އިންޑިޔާ ގައި އޮވެއެވެ.

އިންޑިޔާގެ 80 އިންސައްތަ މީހުންނަކީ ހިންދީ ދީނުގެ މީހުން ކަމަށްވިޔަސް، ދުނިޔޭގެ ހުރިހައި ދީންތަކެއްހެން އިންޑިޔާގައި އޮވެއެވެ. އިސްލާމް ދީން، އީސާއީ ދީނުގެ މީހުން، ޖުޑައިސަމް، ބުދު ދީނުގެ މީހުން، ސިކިޒަމް އަދި އެހެނިހެން ދީންތައްވެސް އިންޑިޔާގައި ވެއެވެ.

13. ދުނިޔޭގައި ވާ އެންމެ ބޮޑު ޢާއިލާ ދިރިއުޅެނީ އިންޑިޔާ ގައެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު ޢާއިލާ ދިރިއުޅެނީ އިންޑިޔާގަ އެވެ. ޒިއޯނާ ޗާނާ ގެ 39 އަނބިންނާއި 94 ދަރިން އެބަތިބި އެވެ. ޒިއޯނާ ޗާނާ އޭނާގެ އާއިލާ ގޮވައިގެން ދިިރިއުޅެމުން ގެންދަނީ 100 ކޮޓަރި ހުންނަ ބޮޑު ގެއެއްގަ އެވެ. އޭނާގެ އަނބިންނާއި އެކު ރޭކުރުމަށް އޮންނަނީ ތާވަލް އެއް ހަދާފަ އެވެ. އެ އާއިލާ އަށް ރޭގަނޑުގެ ކޮއްތު ތައްޔާރުކުރުމަށް 30 ކުކުޅު ބޭނުންވެއެވެ. އޭނާ ބުނާގޮތުން 39 އަނބިން ލިބިފައި ވުމަކީ ލެއްވެވި ބޮޑު ރަހުމަތެކެވެ. 94 ދަރިން ގެ އިތުރަށް 14 ޅީދަރިންނާއި 39 ކާފަ ދަރިންވެސް ޒިއޯނާގެ އެބަ ތިބި އެވެ. ޒިއޯނާގެ ގެ ހުންނަނީ އިންޑިޔާގެ މިޒޯރަމް ސްޓޭޓްގެ ބަޚްތުވަންގް އަވަށުގައެވެ.

12. ކުޑަކުދިންގެ ދުވަސް

އިންޑިޔާގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ 14 ނޮވެމްބަރު ގައެވެ. މިއީ ވެލެންޓައިންސް ޑޭ ގެ 9 މަސް ފަހެވެ.

11. ފުލުހުންނަށް މުސާރަ ދިނުމުގައި މަތިމަހަށް ބަލައެވެ.

އިންޑިޔާގެ ފުލުސް އޮފިސަރުންގެ މަތިމަސް ބަހައްޓާނަމަ އެމީހުންނަށް ބޯނަސް ފައިސާ ދެއެވެ. މީގެ ސިއްރަކީ ފިރިހެނުންގެ ފިރިހެން ވަންތަކަން މަތިމަސް ހުރުމުން ބޮޑަށް އިތުރުވުމާއި މަތިމަސް ހުންނަ މީހުންނަށް މީހުންގެ އިހްތިރާމު ބޮޑަށް ލިބުމެވެ. މީގެ އިތުރުން މިއީ އިންޑިޔާ ގެ ފޯކްލޯރު ގައި ހުންނަ މުހިންމު ސިފަވަންތަކަމެއްވެސް މެއެވެ.

10. އިންޑިޔާ ގެ ފައިސާ

އިންޑިޔާ އަށް ޒިޔާރަތްކުރާ ބިދޭސީން އެ ގައުމުން އެނބުރި އަމިއްލަ ވަޒަނަށް ދާއިރު އެ ގައުމުގެ ފައިސާ ގެންދިޔުމަކީ މަނާ ކަމެކެވެ.

09. ގެރިއަށް ވެސް އައިޑީ ކާޑު ހައްދަން ޖެހެ އެވެ.

އިންޑިޔާގެ ހުޅަނގު ބެންގޯލް ސްޓޭޓް ގައި ގެންގުޅޭ ކޮންމެ ގެރިއެއްގެ އައިޑީކާޑް އޮންނަން ޖެހެއެވެ. މި ކާޑުގައި ގެރީގެ ފޮޓޯވެސް ޖަހާފަ ހުރުން ލާޒިމެވެ.

08. މިއީ ހަވާދުގެ ޤައުމެކެވެ.

ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ ހަވާދުގެ ބާވަތްތަކުގެ 70 އިންސައްތަ އަކީ އިންޑިޔާ ގެ އުފެއްދުމެވެ.

07. އާބާދީ

މިވަގުތު އިންޑިޔާގެ އާބާދީ 1.5 ބިލިޔަން އަށް ވަނީ އަރާފަ އެވެ. މިއީ ދުނިޔޭގެ ހުޅަނގު ބިތުގައިވާ ޤައުމުތަކުން އެންމެ މަތީ އާބާދީ އެއް އޮންނަ ޤައުމެވެ. އދ. ބުނާގޮތުން ޗައިނާއަށް ވުރެން އިންޑިޔާ މިކަމުގައި އިސާހިތަކުން ކުރިއަރައިގެން ދާނެ އެވެ.

06. ވަރި

އިންޑިޔާގައި ކުރެވޭ ކޮންމެ 100 ކައިވެންޏަކުން 01 ކައިވެންޏަކީ ވަރީގެ ސަބަބުން ރޫޅޭ ކައިވެންޏެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވަރިކުރުމުގެ ރޭޓް އެންމެ ދަށް ޤައުމެވެ.

05. ލަވް ކޮމާންޑޯސް

މިއީ ސިއްރިޔާތުގައި ކޮންބައެއްކަން ނޭނގި ހިންގަމުން އަންނަ ގްރޫޕެކެވެ. މި ގްރޫޕަށް ކިޔަނީ ‘ލަވް ކޮމާންޑޯސް’ އެވެ. މިއީ ތަފާތު ދަރިކޮޅުތަކުގެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމާއި އިދިކޮޅު ހަދާ ފަރާތްތަކާއި  ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ބައެކެވެ. އެގޮތުން އެފަދަ މުޖުތަމަޢު ތަކުން ބާކީ ކޮށްލެވޭ ޖޯޑުތަކަށް މި ގްރޫޕްގެ މީހުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއެވެ.

04. މަޝްހޫރު ބައެއް ފިނި ބުއިންތައް މުޅިން ތަފާތު ގޮތަކަށް ބޭނުންކުރެ އެވެ.

އިންޑިޔާގެ ދަނޑުވެރިން ޕެސްޓިސައިޑް ނުވަތަ ފަނިކުފަޚްސާ މަރާ ބޭސް ގަސްތަކަށް ޖެހުމުގެ ބަދަލުގައި ކޮކާކޯލާ އާއި ޕެޕްސީ ގަސްތަކަށް ޖަހައި އުޅެއެވެ.

03. އަންހެނުންނަށް ވަރަށް މުއްސަނދި ވެވިދާނެ އެވެ.

އިންޑިޔާ ގެ ގެވެހި އަނބިންނަކީ ދުނިޔޭގައި ވާ ރަނުގެ 11 އިންސައްތައިގެ މިލްކުވެރިންނެވެ. މިއީ އެމެރިކާ، ސްވިޒަލޭންޑް، ޖަރުމަނުވިލާތް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު ގެ ސްޓޮކް އެއްކޮށްލުމުން ޖެހޭ ނިސްބަތަށްވުރެންވެސް ބޮޑު ނިސްބަތެކެވެ.

02. އެމީހުންނަކީ ސިވިލައިޒޭޝަން އަށް ނޫނެކޭ ބުނާ ބައެކެވެ.

01. ރާޒުވާ ގެ އުފަން ރަށް

އިންޑިޔާ އަކީ ރާޒުވާ ގެ އުފަންރަށެވެ. މި ކުޅިވަރުގެ އެންމެ ގަދީމީ އަސްލު ނަމަކީ ‘ޗަތުރަންގާ’ އެވެ. މީގެ މާނައަކީ 4 ބަޔަހަށް ބެހިފައިވާ އަސްކަރީ ލަޝްކަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.