ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ފޭނުންނަށް ޚާއްޞަކޮށްގެން އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ގެނެސްދޭން ފަށާފައިވާ ކުރު ފިލްމު ސިލްސިލާގެ ދަށުން ގެނެސްދޭ ދެވަނަ ފިލްމު “އަނގުރު“، މިމަހު 14 ގައި ނެރޭނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.
ކުރު ފިލްމު “އަނގުރު“ގެ ލީޑްގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ލިބިލައްވާފައިވާ ރާއްޖޭގެ ފުންނާބު އުސް އެކްޓަރ ޙަސަން މަނިކް (ރޯނު ހަސަނިކް) އާއި ކުރިއަރަމުން އަންނަ ބަޠަލާ އާމިނަތު ސިލްނާ އެވެ.
“އަނގުރު” ލިޔެ ޑައިރެކްޓް ކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިންޝޯޓްސްގެ ދަށުން ގެނެސްދިން ފުރަތަ ފިލްމު “ދަޢުވަތު” ވެސް ލިޔެ ޑައިރެކްޓްކުރީ ޗިއްޕެއެވެ.
ޑާކްރެއިންޝޯޓްސްގެ ކުރު ފިލްމު “ގުޅުން“ގެ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.
”ޑާކްރެއިންޝޯޓްސް“އަކީ އެ ޕްރޮޑަކްޝަންގެ ވަފާދާރު ފޭނުންނަށް ގެނެސްދޭ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ކުރު ފިލްމުތަކެއް ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
