ގިނަ ޕްރޮޖެކްޓްތަކަކާއެކު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ އިރު، އެ ޕްރޮޑަކްޝަނުން އުފެއްދުމަށް ތައްޔާރުވަމުން އަންނަ އެންތޮލޮޖީގެ އެއް ސެގްމެންޓް ކަމަށްވާ “ގުޅުން”ގެ ޕްރީޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މި ޕްރޮޖެކްޓާ ބެހޭ ރަސްމީ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވިޔަސް، އެ ޕްރޮޑަކްޝަންގެ ފޭސްބްކް ޕޭޖްގައި “ގުޅުން” ސެގްމެންޓާ ގުޅުންހުރި ފޮޓޯތައް ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“ގުޅުން” ސެގްމެންޓްގައި ހަރަކާތްތެރިވާ އެކްޓަރުންނާާއި ޓެކްނިކަލް ޓީމުގެ ތެރޭގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް، ކުޅަދާނަ އެކްޓްރެސް ރިޝްމީ ރަމީޒް، ވިޝާލް އާމިރު، ހުސެއިން އަދުދާން (ހުސޭނު)، ވިޝާލް ޒަކީ (ވިއްޓެ) ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގައި ވެސް ޢާއިޝަތު ފުޢާދު ތަޢުފީޤްް އާއި މުޙައްމަދު ޢަލީ (މޮގާ) ހަރަކާތްތެރިވެއެވެ.

ޑާކް ރެއިން އެންތޮލޮޖީ އަކީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ. މި އެންތޮލޮޖީގެ ސީޒަން 01 ގައި ހިމެނޭ ސެގްމެންޓްތަކުގެ ނަންނަތައް މީގެ ކުރިން ޑާކް ރެއިން އިން ވަނީ ހިއްސާކޮށްފައެވެ.

އޭޭގެ ތެރޭގައި:-

* ފުރޭތަ – ލިޔުނީ އަޙްމަދު ޠަލާލް އެވެ.

* ބައިސާ – ލިޔުނީ މޫމިން ފުއާދު އެވެ.

* ރެހެންދިޚަދީޖާ – ލިޔުނީ ޢާއިޝަތު ފުއާދު އާއި އަޙްމަދު ޠަލާލް އެވެ.

”ރެހެންދިޚަދީޖާ“ ޑައިރެކްޓްކުރަނީ ޑާކް ރެއިނުން ގެނެސްދިން ކާމިޔާބު ކްރައިމް ތުރިލާ ޑައިރެކްކުރި އަޙްމަދު ޝިނާން ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.