ސެލެބްރިޓީން ބައިވެރިވަމުން އަންނަ ރިއަލިޓީ ޝޯ ‘ބިގް ބޮސް’ 2018 ގެ ސީޒަން ގައި ރާއްޖެއިން ބައިވެރިވަނީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ކަމަށް ‘ފިލްމީ ދުނިޔެ’ ގެ ނަމުގައި ފޭސްބްކް ގައި ހިންގަމުން އަންނަ ގޮސިޕް ޕޭޖަކުން ބުނެފި އެވެ. ޕޭޖް ގެ ތަޢާރަފް ގައި ބުނެފައިވާހެން މި ވަރުގަދަ ސުރުޚީގައިވާ ޚަބަރުވެސް ވީ ގޮސިޕަކަށެވެ. ބޮޑު ފޭކަކަށެވެ. އެކަން ވަނީ މުނިއަވަސް އަށް ސުނީތާ ކަށަވަރު ކޮށްދީފަ އެވެ.

‘ފިލްމީ ދުނިޔެ’ ގޮސިޕް ޕޭޖް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ:

ސުނީތާ އަލީ އަކީ އެއްވެސް ދިވެއްސަކަށް އިތުރު ތަޢުރީފެއް ބޭނުންވާނެ ފަންނާނެއް ނޫނެވެ. ފަހުގެ ތާރީޚުގައި މިސްވޯލްޑް އަދި ބޮލީވުޑް އަދި ހޮލީވުޑްގެ ފުންނާބު އުސް ތަރި ޕްރިޔަންކާ ޗޯޕްރާގެ އެންމެބޮޑު ފޭންގެ ގޮތުގައި މަގުބޫލުވެފައިވާ ރައްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަށް އިންޑިޔާގެ މަޝްހޫރު ރިއަލިޓީ ޝޯގެ 2018 ވަނަ އަހަރުގެ ސީޒަން އިން ފުރުސަތު ލިބުމުގެ މަގު ފަހިވެއްޖެ އެވެ.

ބިގަސްޓް ފޭން އޮފް ޕްރިޔަންކާގެ ގޮތުގައި ބިގްބޮސް ގެ ގެއަށް ސުނީތާ ވަންނައިރު ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ސުނީތާއަށް ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ކުރިންވެސް ބޭރުގެ އަދި އެހެން ގައުމުތަކުގެ ފަންނާނުން ވަނީ ބިގްބޮސްގައި ބައިވެރިވެފަ އެވެ. ސުނީތާ މީގެ ކުރިންވެސް ވަނީ ޕްރިޔަންކާއާއެކު އެކިގޮތްގޮތުން ރާއްޖެ ފަޚްރުވެރިކޮށްދީފަ އެވެ.’

މިކަމާގުޅޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ސުނީތާ ބުނީ ‘އެއީ އެމީހުން ޕޭޖް ހިންގަން ކުރާކަމެއް’ ކަމަށެވެ. 

ސުނީތާ މިހެން ބުނި ނަމަވެސް ‘ގޮސިޕެއް’ ވެސް އުފެދޭނީ ކޮންމެވެސް ކަމެއްވެގެން ކަމަށްވެސް ބަލަން ޖެހެއެވެ. ރެނދެއް ލާނީ ކޮންމެވެސް އަޑެއްވެސް ކިޔާފަ އެވެ. އެހެންކަމުން މުނިއަވަސް އިން މިގެންދަނީ މިކަމުގައި އެއްވެސް ވަރެއްގެ ހަޤީޤަތެއް އޮތްތޯ ބަލަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.