ކޮވިޑް-19 ގެ އާލަމީ ވަބާ ދުނިޔެއަށް ފެތުރިފައިވާ މި ދުވަސްވަރު ވެސް، ޒިޔާރަތްކުރުމަށް އެންމެ ފައްކާ 10 މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.

އެމެރިކާ އާއި ކެނެޑާގެ އޮންލަައިން ޓްރެވެލް ނިއުސް ޕޯޓަލްއެއް ކަމަށްވާ ‘ޓްރެވެލް އޯފް ޕާތު’ އަކީ މީހުން ދަތުރުފަތުރު ކުރަމުން އަންނަ މިންވަރުގެ ހިސާބުކިތާބު ބެލުމަށް، ކޮވިޑް-19ގެ މި ދަނޑިވަޅުގައި ވެސް އެންމެ ކުރީގައި އުޅޭ ޕޯޓަލްއެވެ.

‘ޓްރެވެލް އޯފް ޕާތު’ ޕޯޓަލްއަށް ބަލައިލާ އިރު، ކޮވިޑްގެ މި ދުވަސްވަރު، ޓޮޕް 10 ޓްރެވެލް ޑެސްޓިނޭޝަންސް ގައި ޤައުމުތައް ހިމެނުމަށް ބަލަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

– ވޯރލް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބަލިޔުޓީޓީސީ) އިން ‘ސޭފް ޓްރެވެލް ގްލޯބަލް ސޭފްޓީ ސްޓޭމްޕްް’ ލިބިފައިވުން

– 14 ދުވަހަަށް ކަރަންޓީނުވާން ނުޖެހުން

– ދުނިޔޭގެ ގިނަ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް މަރުހަބާކިޔުން

– ޤައުމަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 އާ ގުޅިގެން، ދަތުރުކުރުމަށް ފުރިހަމަކުރަން ހަމަޖައްސާފައިވާ ކަންކަން ހިިމެނޭ ގޮތުން، ރާއްޖެ އެތެރެވުމަށް ކޮންމެހެން ފުރިހަމަކުރަން ޖެހޭ ކަންކަން ކަނޑައަޅާފައި އޮތުން

– ސީޑީސީގެ އެންގުންތަކާ އެއްގޮތަށް އާއްމު ތަންތަނުގައި މާސްކް އެޅުމާއި އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އަމަލުކުރުން

ކޮވިޑް-19 ގެ މި ދުވަސްވަރު، ޒިޔާރަތްކުރުމަށް އެންމެ ފައްކާ 10 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ އިރު، އެ ލިސްޓުގައި ރާއްޖެ ހިމެނެނީ 09 ވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.