މި އަހަރު ކުރީކޮޅު ސަންޖޭ ދަތު ކެންސަރުޖެހިފައި ވާކަން އެނގި ފަރުވާ ފެށިއެވެ. މިއަދު އޭނާ ކެންސަރަށް ކުރި ފަރުވާއިން ކާމިޔާބު ލިބިފައިވާކަން ވަނީ ހާމަކޮށްފައެވެ. އެކަމަށްޓަކައި ސަންޖޭގެ ފޭނުން، އާއިލާ މެންބަރުން، ރަހުމަތްތެރިންނާއި ޑޮކްޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައި ވެއެވެ.

ބޮލީވުޑްގެ ކަލްނާޔަކް ސަންޖޭ އަށް ކެންސަރުޖެހިފައިވާކަން ހާމަކުރުމާއެކު އެތަކެއް ސަޕޯޓަރުންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެތަކެއް ބައެއްގެ ދުޢާތަކާއި ހެޔޮއެދުންތައް އޮހެން ފެށިއެވެ. މުންނާބައި އެމްބީބީއެސްގެ އެކްޓަރަށްޓަކައި މީހުންކުރި ހެޔޮ ދުޢާގެ އަސަރު ކުރީކަމަށްވެސް ވެދާނެއެވެ.

މިއަދު ސަންޖޭ ދަތު ވަނީ ކެންސަރާ ހަނގުރާމަކޮށް ރަނގަޅުވެފައެވެ. މި ޚަބަރު ސަންޖޭ ވަނީ އޭނާގެ ޝާހްރާހް އާއި އިޤްރާގެ 10ވަނަ އުފަން ދުވަހު އާއްމުކޮށްފައެވެ. ސަންޖޭ ބުނީ މިއީ އޭނާގެ ދަރިންނަށް ދެވޭ އެންމެ ރަނގަޅު ހަދިޔާކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.