ޕާކިސްތާނުގެ ޑްރާމާ ސީރީޒްތަކުން އެންމެ ސަޅި 20 ޑްރާމާގެ އެއްވަނައިގައި “ހަމްސަފަރް” އޮތްއިރު، ދެވަނައިގައި މިއޮތީ “ދާމް” އެވެ.

ޒާރާ (ސަނަމް ބަލޯޗް) އާއި މަލީހާ (އާމިނާ ޝެއިޚް) އަކީ ދެމީހުންގެ ދެމެދުގައި ގިންތީގެ ކިތަންމެ ބޮޑު ތަފާތެއް އޮތްނަމަވެސް ދެ ބެސްޓް ފްރެންޑުންނެވެ.

މަލީހާގެ ބޭބެ، ޖުނައިދު (ޢަދީލް ޙުސައިން) ބޭރުގެ ޤައުމެއްގައި ހުރެފައި ޕާކިސްތާނަށް އާދެއެވެ. ޖުނައިދަށް ޒާރާ ފެނި، ޒާރާއާއި ކައިވެނިކުރުމުގެ ޝަޢުޤުވެރިކަން ފާޅުކުރެއެވެ. މިކަމާ މަލީހާ އަށް ވަރަށް ބޮޑަށް އުނދަގޫވެއެވެ. ޒާރާ އާއި މެދު އޭނާ ދެކެން ފެށީ މިވީހާ ދުވަހު އޭނާއާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުނީ އެމީހުންގެ މުއްސަނދި ދިރިއުޅުން ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

“ދާމް” އަކީ ރަހުމަތްތެރިކަމާއި، ވިސްނައިނުލާ ނިންމާ ނިންމުމެއްގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުންތަކެއް، އެތަކެއް ބައެއްގެ ދިރިއުޅުމަށް ކޮށްފާނެ ކަން ދައްކައިދޭ ޢިބްރަތްތެރި، ރީތި ޑްރާމާ ސީރީޒެކެވެ.

މިއީ ‘އޭއާރްވައި ޑިޖިޓަލް’ އިން 11 ޖޫން 2010 ގައި ދައްކަން ފަށައި 15 އޮކްޓޫބަރު 2010 ގައި ނިންމައިލި ސީރީޒެކެވެ. ޑްރާމާގައި ހިމެނެނީ ޖުމްލަ 18 އެޕސޯޑެވެ. ޕާކިސްތާނު ޑްރާމާ ތަކުގެ އެންމެ ފައްކާ އެއް ކަމަކީ ސިލްސިލާ ދިގުލައިގެން ގޮސް، ބެލުންތެރިން ފޫހިވާން ޖެހޭފަދަ ހައިޖާނުތަކެއް އޭގައި ހިމެނިފައި ނުވުމެވެ.

އެޕިސޯޑް 01

އެޕިސޯޑް 02

އެޕިސޯޑް 03

https://www.youtube.com/watch?v=51ReeTmpUgI

އެޕިސޯޑް 04

އެޕިސޯޑް 05

އެޕިސޯޑް 06

އެޕިސޯޑް 07

އެޕިސޯޑް 08

އެޕިސޯޑް 09

އެޕިސޯޑް 10

އެޕިސޯޑް 11

އެޕިސޯޑް 12

https://www.youtube.com/watch?v=cF5smFdYHhM

އެޕިސޯޑް 13

އެޕިސޯޑް 14

އެޕިސޯޑް 15

އެޕިސޯޑް 16

އެޕިސޯޑް 17

https://www.youtube.com/watch?v=txDsQbqYO4k

އެޕިސޯޑް 18 (ފަހު އެޕިސޯޑް)

https://www.youtube.com/watch?v=oeyPgfOhjIc

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.