ކުރީގެ ދިވެހި ލަވަތަކަށް ޝަހީދު ލިގެސީ ތައްޔާރުކޮށް ގެނެސްދެމުން އަންނަ ހެވީ ރޮކް މެޓަލް ވާރޝަންތައް ވަރަށް ތަފާތުވެފައި އުފެއްދުންތެރިއެވެ. ހަމަގައިމުވެސް، ރޮކް މެޓަލް ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް މި ލަވަތައް ވަރަށް ފައްކާވާނެއެވެ. ގިނަ ދިވެހި ލަވަތަކެއްގެ ރޮކް މެޓަލް ވާރޝަން ގެނެސްދެމުން އަންނަޝަހީދު ލިގެސީ މިފަހަރު ގެނެސްދެނީ ހިންދީ ރާގަކަށް ކިޔާފައިވާ ދިވެހި ކޮމެޑީ ލަވައެއް ކަމަށްވާ “ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ” ހެވީ މެޓަލް ވާރޝަންއެވެ.

ޝަހީދު ލިގެސީގެ މިފަދަ އުފެއްދުންތަކުގެ ބޮޅަށް އިތުރުކޮށްފައިވާ “ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ” އިން ޝަހީދުގެ ހުނަރުވެރިކަން ފެނިގެން ދެއެވެ.


ކުރީގެ އަދި ކްލެސިކް ދިވެހި ލަވަތަކުގެ ރޮކް ވާރޝަންތައް ޝަހީދު އުފައްދަނީ އަސްލު ލަވައިގެ ވޯކަލް ހިމަނައިގެންނެވެ. މިގޮތުން މިހައިތަނަށް ދިވެހި 02 އިންސްޓްރޫމެންޓަލް ކަވަރ އަލްބަމް ނެރެފައިވެއެވެ.

“ގިނައިން މި ރިކްރިއޭޓްކުރަނީ ދިވެހިންގެ މެދުގައި މަޤްބޫލު ޓީވީ ސީރީޒްތަކުގެ ތީމް ލަވަތަކާއި ކޮމެޑީ ލަވަތައް. އެގޮތުން ‘އީދޭ މީ އާދޭ ދޯ ކައިލަން ވާނޭ’ އީދު ލަވައަށާއި ‘ދިރިއުޅުމަކީ މީބާ؟’ގެ ތީމް ވެސް ހަދައިފިން.” މީގެ އިތުރުންވެސް ގިނަ ލަވަތަކެއް ހަދާފައިވާނޭ ކަމަށް މުނިއަވަސް އަށް ޝަހީދު ބުންޏެވެ.


“ދިރުމާ މަރާ ގުޅާލާ” އަށް ވެސް ރޮކް ވާރޝަން އެއް ދާދި ފަހުން ޝަހީދު އުފައްދާފައިވެއެވެ. މީގެ އިތުރުން ދިވެހިންގެ ތެރޭގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ތުރުކީގެ “އާރުތުގުރުލް” ޓީވީ ސީރީސްގެ ތީމަށްވެސް ރޮކް ވާރޝަންއެއް ހަދާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.