މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮނަރަބަލް މަހްލޫފް އަޙްމަދު، ނަސްރުގެ ދުވަހަށް ތައްޔާރުކުރައްވާފައިވާ ލަވަ، “ކިޔާ ދޫތަކުން” ރާއްޖެ ޓީވީގެ ‘ފަށާއިރު’ ޕްރޮގްރާމުގައި މިއަދު ރިލީޒްކޮށްފިއެވެ.
މިނިސްޓަރ މަހްލޫފާއި އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) ކިޔައި އަދި އެކްޓްވެސް ކޮށްފައިވާ “ކިޔާ ދޫތަކުން”ގެ ކަވަރ ރިލީޒްކޮށްދެއްވީ ޚާއްޞަ މެހެމާނެއްގެ ގޮތުގައި މިއަދު ހެނދުނު ‘ފަށާއިރު’ ޕްރޮގްރާމުގައި މިނިސްޓަރ މަހްލޫފެވެ.
މިއަދުގެ ‘ފަށާއިރު’ ޕްރޮގްރާމުގެ ލިންކު ތިރީގައި އެވަނީއެވެ. ވީޑިއޯގެ 1:26:56 (އެއްގަޑިއިރާއި26 ވަނަ މިނެޓް)ގައި ލަވަ ފެނިގެންދާނެއެވެ.
https://www.facebook.com/RaajjeTelevision/videos/350877699338470
މިނިސްޓަރ މަހްލޫފު ވެސް ލަވައިގެ ވީޑިއޯ މިއަދު ޔޫޓިއުބްގައި ހިއްސާކުރައްވާފައި ވެއެވެ. ވީޑިއޯ ހިއްސާކޮށްފައިވަނީ ‘ލައިބާ އަޙްމަދު މަހްލޫފް‘ގެ ޔޫޓިއުބް ޗެނަލްގައެވެ.
މި ލަވަ ނެރުމުގެ ޚިޔާލުފުޅު އައިގޮތާއި މަސައްކަތް ކުރިއަށް ގެންދެވި ގޮތް ”މުނިއަވަސް“އާ ހިއްސާކުރައްވަމުން މަހްލޫފް ވިދާޅުވީ ޤައުމީ ލަވައެއް ކިޔަން އެލީ ބޭނުންވެގެން އުޅުމުން އެކިއެކި ލަވަތައް ބަލަމުން ގޮސް އެލީއަށް މި ލަވަ ވަރަށް ރީތިވި ކަމަށާއި އޭގެ ފަހުން ގޭތެރޭގައި ވެސް އެ ލަވަ ކިޔާ ކަރޯކޭ ވެސް ހަދާ އުޅުނުކަމަށެވެ.
”….. ދެން އެހިސާބުން އަޅުގަނޑުމެން ހިތަށް އެރީ ނޮވެމްބަރު ތިނެއް ވެސް އަންނާތީއާ އެކީގަ ވެއްޖޭ މިކަން ކޮށްލަން. ދެން އެހެންވެ އަޅުގަނޑާ އެލީއާ މި ލަވަ ކިޔަން ނިންމީ…..“
މި ލަވަ އުފައްދާފައިވަނީ ’ޓޮނިކް ލައިވް ސްޓޫޑިއޯ‘ އިންނެވެ. އެގޮތުން އިބްރާހިމް ޒައިދު (ކުޑަ އިއްބެ) އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން ކޮރިއޮގްރަފީގައި އެލީގެ ޑާންސް ޓީޗަރ ނުހާ އާއި ބަކްސީގެ އިތުރުން ކޮއްކޮ ހިމެނޭކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
ހަބޭސް