03 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ހަނދާންތަކަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. މާލޭގައި އޮތް ބިރުވެރިކަމާ، ހިތް ނުތަނަވަސްކަން ރަށް ރަށުގައި ވެސް އެ ދުވަހު ވަކިން ކުޑައެއް ނޫނެވެ.
އެ ދުވަހުގެ ހެނދުނު އަލިވިލުނީ ‘ދިވެހިރާއްޖޭގެ އަޑުން’ ކޮންމެ ދުވަހަކު ފޮނުވާ ފަތިސް ގަޑީގެ ކޮވެލިހާ ގޮވާ އަޑުގެ އޯޑިއޯ ކްލިޕް އަޑު ނުއިވިއެވެ. އެއަށްފަހު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމާއި، މަރުހޫމު މުޙައްމަދު ޖަމީދު ދީދީގެ އަޑުފުޅުން ވިދާޅުވެފައިވާ ޤުރުއާން ތަރުޖަމާގެ އަޑުވެސް ނުއިވި އެވެ. އޭގެ ފަހުން އަންނަ ‘ބަދުރު ގަޑި’ ނުވަތަ “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމުގެ ވެސް އަޑެއް ނުއިވިއެވެ. އަދި ކިއެއްތަ؟ ރޭޑިއޯ ޓްރާންސްމިޝަން ނުލިބޭ ގަޑީގައި އެ އިވޭ “ޓޯން’ގެ އަޑެއްވެސް ނުއިވިއެވެ. ރޭޑިއޯފޮށިތައް ހުޅުވައިލުމުން އިވެނީ ހަނުކަމުގެ އަޑެވެ.
ހެނދުނު ނުވައެއްވެސް ޖަހައިފި އެވެ. ރޭޑިއޯގެ އަޑެއް ނީވެއެވެ. މާލެއަށް ކޮންމެވެސް ކަމެއް ވެގެން އުޅޭ ކަމުގެ ޝައްކު، ކޮންމެ މީހެއްގެ ހިތުގައިހެން އޮތެވެ.
09:30 ވާން އުޅެނިކޮށް އަހަރެންގެ ކަންފަތުގައި ޖެހުނީ ރަށު ތެރޭގައި ނަގާކިޔާ މީހަކު ހަޅޭއްލަވަމުން ގޭގެއަށް ވަންނަމުން ދުވާ އަޑެވެ.
“ރަންކޮޅުމެންނޭ ކަމަކުދާކަށް ނެތް! މާލެއެއްވާ ނެތް! ބޭރު ބަޔަކު އަރާ މާލެ ހިފައިފިޔާ! ރަޢީސުލްޖުމްހޫރިއްޔާވެސް ހައްޔަރަކޮށްފިޔާއޭ އެބަ ކިޔަތް!” ކަންފަތުގައި މި އަޑު ޖެހުމާއެކު ދެން އިފެންފެށީ ސަންގުގެ ފުލުގައި އަތްތަޅާފައި ސަންގު ފުމޭ އަޑެވެ. (ލ. އަތޮޅު ބަހުރުވައިން ނަމަ؛ ‘ހަކުފުލު އަތްތަޅާފާ ހައްގޮއްވަން އަޑަ’) މިއީ އިމެޖެންސީ ވުމުން ސަންގުފުމޭ ގޮތޭ ކިޔާ އަޑު މީގެ ކުރިން އިވެއެވެ. އެގޮތަށް ސަންގުފުމުނު އަޑު އިވުނު މިއީ ފުރަތަމަ ފަހަރެވެ.
ކަތީބުގޭ ދޮރުމައްޗަށް އަވަށު އެންމެންކަމެއް، ރަށު އެންމެން ކަމެއް ނޭނގެއެވެ. ކުދިބޮޑު އެއްމެން ޖަމާވެއްޖެއެވެ. ލ. ފޮނަދޫ އޭރުގެ ބޮޑު ކަތީބު، ޢަބްދުލް ކަރީމު ކަލޭފާނު (ރަހިމަހުﷲ) ހުންނެވީ ވަރަށް ކަންބޮޑުވެލައްވާފައެވެ. ރަށުގެ ބޮޑު ކަތީބުގެ ފަރާތުން ކަން ހިނގައިގެން އުޅޭ ގޮތް އޮޅުންފިލައިފިއެވެ. މީހުންތައް އަޑުން އަޑުނަގައި ރޯން ފަށައިފިއެވެ. ﷲ އަކްބަރު ކިޔައި ހެޔޮ އެއްޗެހި ކިޔަންވެސް ފަށައިފިއެވެ.
ކަތީބުގެ އިރުޝާދުގެ ދަށުން ވުޟޫކޮށްގެން އެންމެން އެރީ މިސްކިތަށެވެ. ކޮންމެވެސް ނަމާދެއް (ސުންނަތުގެ ދެ ރަކުއަތެއް ކަމަށް ހަނދާން ވޭ) ކޮށްފައި ދެން ފެށީ ދުއާކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ޙައިޟު ނިފާސް ޙާލަތުގައި ތިބި އަންހެންވެރިން މިސްކިތަށް ނޭރޭތީ ތިބީ މިސްކިތު ގޯތިތެރޭގައެވެ.
އާހް އެވެ. އެދުވަހުގެ ހަނދާންތަކުން މިވަރުގެ ކުޑަ މިންވަރެއް މި ގެނެސްދެވުނީވެސް ވަރަށް ހާލުންނެވެ. މި ގެނެސްދިނީ 03 ނޮވެމްބަރު 1988ގައި ލ. ފޮނަދޫގައި ކަން ހިނގި ގޮތުން ކުޑަ މިންވަރެކެވެ.
އެ ބިރުވެރި ދުވަހު ރަށްފުށުގައި ކަންކަން ހުރިގޮތުގެ ފޮޓޯއެއް އަދި ވީޑިއޯ އެއް ހަމަ ގައިމުވެސް އަޅުގަނޑެއް ނުދެކެމެވެ. ނަމަވެސް އެ ދުވަހު، ރަށްފުށުގެ ހާލަތު ހުރި ގޮތް އެންމެ ވީޑިއޯއަކުން ނަމަވެސް މިއަދު މިވަނީ ޑޮކިއުމެންޓް ކުރެވިފައެވެ. ޓެލެވިޛަން މޯލްޑިވްސް އިން ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގައި އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން އުފެއްދި ޓެލެޑްރާމާ “03 ނޮވެމްބަރު” މިއީ އެ ދުވަހު ރަށްފުށުގައި ކަން އޮތްގޮތް ދައްކުވައިދޭ ހަމަ އެކަނި ވީޑިއޯ ޑޮކިއުމެންޓް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ.
މިއީ 2002 ވަނަ އަހަރު ބޭއްވި އޮފީސް ޑްރާމާ މުބާރާތުން އެންމެ މޮޅު ޑައިރެކްޝަން ލިބުނު ޑްރާމާ އެވެ. ޑްރާމާ ޝޫޓްކޮށްފައިވަނީ ތ. ހިރިލަންދޫގައެވެ. ވާހަކަ، ޓެލެޕްލޭ އަދި ޑައިރެކްޝަން ހެދީ ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ.
ޑްރާމާގައި ތ. ހިރިލަންދޫ ރައްޔިތުން ބައިވެރިވެފައިވާއިރު، މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ އެޓޯލްސް މިނިސްޓްރީގެ ދާއިރާތަކަށް ނިސްބަތްވާ ތަރިންނެވެ. އެގޮތުން މުހިންމު ރޯލުތަކުން ޢަލީ ވަހީދު، މަރުހޫމް މުޙައްމަދު ސަލީމް، އަޙްމަދު ޝަރީފު، އަޙްމަދު ސައީދު، މުޙައްމަދު އާސިފު (އިރުވައި)، އާއިޝަތު ޖުމާނާ، ދެރަހާ ޢަބްދުއް ރަޝީދު، އަޙްމަދު ޝާހިދު ހަލީމު ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
Handhaanah gennan beynun nuviyas balailan jehey video eh
ހިތަށް ވަރަށް އަސަރުކުރުވައިފި. ރޫހަށް ފިނިކަން ލިބިއްޖެ. ސަނާގެ ހިތްވަރުން ހިތްވަރު ލިބިއްޖެ
ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި!