ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ދެއެވެ.

ރިތިކް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު ގަތަރު އެއާވޭސްގެ ޕްރައިވެޓް ފެލައިޓެއްގައެވެ.

ރިތިކް ރޯޝަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ރަންދެލި ރިސޯޓުގައި ކަމަށް މައުލޫމާތު ދެއެވެ.

ބޮލީވުޑްގެ ތަރިން ޗުއްޓީއަށް ރާއްޖެ އިޚްތިޔާރުކުރަމުން އަންނަ އިރު، މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އިތުރުން ޓައިގާ ޝްރޮފް އާއި ޑިޝާ ވެސް ތިބީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.