މިއީ ދަރިންނާއެކު ކުޅެ، ވަގުތު ހޭދަކޮށްލުމާ ދުރުގައި ހަތަރު އަހަރު ހުންނަން ޖެހުނު ބައްޕައެއްގެ ވާހަކައެވެ. ސަބަބަަކީ ކުޑަކުޑަ ސަބަބެއް ނޫނެވެ. އާދައިގެ ސަބަބެއް ވެސް ނޫނެވެ. ކަރަންޓަށް އެލާޖިކް ވުމަކީ މި ނަސީބު ދެރަ ބައްޕަގެ ކުށެއް ހެއްޔެވެ؟ ކަރަންޓަށް އެލާޖިކްވުމުގެ ސަބަބުން އިންތިހާއަށް ވަރުބަލިވުމާއި ބަރުދަން ލުއިވާ މީހެއްގެ ވާހަކަ މީގެ ކުރިން އަޑުއެހިން ހެއްޔެވެ؟ މިއީ އެފަދަ މީހެއްގެ ވާހަކައެވެ.

އުމުރުން 48 އަހަރުގެ ބްރޫނޯޯ ބެރިކް ބުނީ އޭނާއާއި، އޭނާގެ ބައިވެރިޔާ އަދި ތިން ދަރިން އެމީހުން ދިރިއުޅޭ އަވަށާއި އެކަހެރި ހިސާބެއްގައި ކާރުވާނަކަށް ހިޖުރަކުރަން ޖެހުނު ކަމަށެވެ. ސަބަބަަކީ އޭނާގެ ހަށިގަނޑުން 6.35 ކިލޯގްރާމް ލުއިވުމާއި ފޮތެއް ކިޔައިލުން ފަދަ އާދައިގެ ކަމެއް ކޮށްނުލެވޭހާ ވަރަށް ގައިގައި ވަރުދެރަވެގެން ދިއުމެވެ.

ބެރިކް ބަދަލުވި ކާރުވާނު

ބޮޑީ ބިލްޑުކުރާ އަދި ކުއްތާ ތަމްރީނުކުރާ މިސްޓަރ ބެރިކް ބުނީ މީގެ ހަތަރު އަހަރު ކުރިން އާދަޔާޚިލާފަށް ވަރުބަލިވާން ފެށުމުގެ ކުރިން އޭނާއަކީ ވެސް ހަމަ އާދައިގެ އިންސާނެއް ކަމަށެވެ.

މިސްޓަރ ބެރިކް އަށް ކުރިމަތިވި އާދަޔާޚިލާާފު ކަންތަކުގެ އަސްލު ދެނެގަތުމަށް ހަތަރު އަހަރު ނެގިއެވެ. 200,000 ޕައުންޑް ހޭދަކޮށް އެމެރިކާއާއި ޖަރުމަނަށް ދަތުރުކުރަން ޖެހުނެވެ. އޭނާއަށް ކުރިމަތިވި ހާލަތަށް ކިޔަނީ ‘އިލެކްޓްރޯސެންސިވިޓީ’ އެވެ.

މި ހާލަތަށް ‘އިލެކްޓްރޯމެގްނެޓިކް ހައިޕަރސެންސިޓިވިޓީ، އިލެކްޓްރޯފޯބިއާ ނުވަތަ އިލެކްޓްރޯމެގްނެޓިކް ފީލްޑް އިންޓޮލެރަންސް ސިންޑްރަމޭ ވެސް ކިޔައެވެ.

އެއީ ބެރިކް ޖައްސާ ފޭކެއްކަމަށް ތަޖުރިބާކާާރު ބައެއް މީހުން ބުނި ނަމަވެސް، އޭނާއާއެކު 11 އަހަރު ހޭދަކުރަމުން އަންނަ ބައިވެރިޔާ ލީސާ ބުނީ އެއީ ހަމަ އަސްލެއް ކަމަށެވެ.

“އެތައް ބަޔަކު ކިޔާ އަހަރުމެންނަކީ މޮޔައިންނޭ،” ބެރިކް ބުންޏެވެ. “އަހަންނަކީ މިހާލަތު ދިމާވުމުން ވާގޮތް ފެންނަން ހުރި ދިރިހުރި ހެއްކެއް.”

“ހަމަ އަސްލުވެސް ހަތަރު އަހަަރުވާންދެން އަހަަރެން ވަރަށް ބަލިވެ އުޅެން ޖެހުނު، އެއްވެސް މީހަކަށް އެކަމުގެ ސަބަބެއް ނޭނގުނު. ހާލޭ ސްޓްރީޓަށް ވެސް އަހަރެން ދިޔައިން ޑޮކްޓަރަށް ދައްކަން، އެމީހުން އަހަންނަށް ދިން ނަމަކީ ‘އާދަޔާޚިލާފު މީހާ’ގެ ނަން.”

އިލެކްޓްރޯ މެގްނެޓިކް ފޯސް ޑިޓެކްޓަރ

މިސްޓަރ ބެރެކް އަށް މިކަން ދިމާވީ ރޭޑިއޭޝަންގެ އަސަރުކޮށްގެންނެވެ. އެމީހުން ކާރުވާނަށް ބަދަލުވިތާ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހާލަތު ރަނގަޅުވާން ފެށިއެވެ. ނަމަވެސް މިހާރުވެސް، ރޭޑިއޭޝަންގެ އަސަރު ހުންނަ އެއްވެސް އެއްޗަކާ ކައިރިވެއްޖެ ނަމަ އޭނާއަށް އުނދަގޫތައް ވެއެވެ. މޯބައިލް ފޯނުފަދަ ވަސީލަތްތައް ގެންގުޅޭ މީހުންގެ ތެރޭގައިވެސް އޭނާއަކަށް ނޫޅެވެއެވެ.

ބެރިކް އުޅެމުން އަންނަނީ އުނދަގޫ ދިރިއުޅުމެވެކެވެ. އީއެމްއެފް (އިލެކްޓްރޯ މެގްނެޓިކް ފޯސް) ދެނެގަންނަ އާލާތެއް ހިފައިގެން އުޅެން ޖެހިފައިވަނީ ޒަމާނީ ވަޞީލަތްތަކަކީ ބޮޑު ބިރެއް ކަމަށް ބަލައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.