ޕްރިޔަންކާ ގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ ގެ އިންޓަވިއުއެއް އިންޑިޔާގެ މަޝްހޫރު ޓީވީ ޗެނަލް އެއް ކަމަށް ވާ އޭއެންއައި އިން ރޭ ނަގައިފި އެވެ. މި އިންޓަވިއު ނަގަމުން ދިޔަ ވަގުތު ނަގާފައިވާ ފޮޓޯ އެއް ސުނީތާ ވަނީ އާއްމު ކޮށްފަ އެވެ.

ސުނީތާ ގެ އިންޓަވިއު ކުރިއަށް ދިޔަވަގުތު ނަގާފައިވާ ފޮޓޯ ޕޯސްޓް ކުރަމުން ސުނީތާ ބުނީ ރޭގައި ޕީސީ އާއި އެކުގައި އޮތް ބައްދަލުވުމަށްފަހު ޑެއްލީ ގެ ޓީވީ ޗެނަލަކުން ސުނީތާ ގެ އިންޓަވިއު އެއް ނަގާފައިވާ ކަމަށެވެ. އަދި އެ ފުރުޞަތު އޭނާއަށް ދިންކަމަށްޓަކައި އަދި ޕްރިޔަންކާގެ ފޭން އެއްގެ ގޮތުގައި ހުރުމަށް އޭނާއަށް ސަޕޯޓްދޭތީ ޝުކުރު އަދާކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު ސުނީތާ ޑެއްލީ ގައި ހުރީ ޕްރިޔަންކާ ގެ ޚާއްޞަ ދައުވަތެއްގަ އެވެ.

ސުނީތާ ގެ މި ދަތުރުގައި ވަނީ ރާއްޖޭގައި ތިބި ޕްރިޔަންކާ ގެ ސަޕޯޓަރުން ޕްރިޔަންކާ އަށް ފޮނުވި ހަދިޔާތައްވެސް ރައްދު ކޮށްދީފަ އެވެ. އަދި ޕްރިޔަންކާ ގެ ސަޕޯޓަރުންނާއި އެކުގައި ވަގުތު ހޭދަކޮށް ފޮޓޯވެސް ނަގާފަ އެވެ.

ޕްރިޔަންކާގެ ސަޕޯޓަރުންނާއި އެކުގައި ސުނީތާ ވަނީ ފޮޓޯ ނަގާފައި – ފޮޓޯ: ސުނީތާ ފޭސްބްކް

ޕްރިޔަންކާ އާއި ބައްދަލު ވުމަށްފަހު ހިންދީބަހުން ސުނީތާ ވަނީ ޓްވީޓެއް ޢާއްމުކޮށްފަ އެވެ. މި ޓްވީޓްގައި ވަނީ “”ފޭނަކުން ރައްޓެއްސަކަށް ވެއްޖެ. ކީކޭ ބުނާނީ. މީހަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ޕްރިޔަންކާއަކީ ހަމަ ދުނިޔޭގެ އެއް ވަނަ،” މިހެންނެވެ. މީގެ އިތުރުން ސުނީތާގެ ފޭސްބްކް ގައިވެސް ވަނީ ހިންދީ ބަހުން ޕޯސްޓެއް ކޮށް ޕްރިޔަންކާގެ ސަޕޯޓަރުންނާއި އެކުގައި ހުރި ފޮޓޯތަކެއްވެސް އާއްމުކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް