އެންމެ 03 އަހަރުގެ މުއްދަތެއްގެ ތެރޭގައި ވަރުގަދަ ޙާފިޒަކަށް ވާން ބޭނުން ހެއްޔެވެ؟ ހަމަ އެހެންމެ އެންމެ އަހަރެއްގެ ތެރޭގައި ތަޖުވީދު ޢިލްމުގެ ވަރުގަދަ މާހިރަކަށް ވާން ބޭނުން ހެއްޔެވެ؟ ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން މިވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނީ މިއީ ޖެނުއަރީ 2021ގައި ކިޔަވައިދިނުން ފެށުމަށް ހަމަޖެހިފައިވާ ކުލާހެއް ކަމަށެވެ.
މި ކުލާހުގައި ބައިވެރިވުމަށް ނޮވެމްބަރު 21ން ފެށިން ޑިސެމްބަރު 10ގެ ނިޔަލަށް ނަން ނޯޓުކުރުން ކުރިއަށް ގެންދާނެއެވެ. ކުލާހުގައި ބައިވެރިވުމަށް ނަން ނޯޓުކުރެއްވުމަށް، ބައިވެރިކުރާ ދަރިވަރުގެ ފުރިހަމަ ނަން، އުމުރު އަދި ވައިބަރ ބޭނުންކުރައްވާ ނަންބަރު ޖެއްސެވުމަށްފަހު ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ ވައިބަރ ނަންބަރު 9919011 އަށް ވައިބަރ މެސެޖެއް ކޮށްލުމަށް އެދެއެވެ.
މި ކުލާހުގައި ހިތުދަސްކޮށްދިނުމުގެ އިތުރުން، ދިގު ރާގަށާއި ދުނިޔޭގެ މަޝްހޫރު 05 ޤާރީވެރިންގެ ރާގު ރާގަށް ޤުރުއާން ކިޔަވަން ދަސްކޮދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނެއެވެ.
ކުލާހާއި ގުޅޭ އިތުރު މަޢުލޫމާތު ވެސް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ ނަންބަރު 9919011 ން ސާފުކުރެވޭނެއެވެ.
މި ކުލާހުގެ މުދައްރިސަކީ ރާއްޖޭގައި ގިނަ އަހަރު ތަކެއް ވާންދެން ޤުރުއާން ކިޔަވައިދެއްވުމުގައި ހޭދަކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގެ އިތުރުން ތަޖުވީދު ޢިލްމުގެ ފޮތްތައް ދިވެހިބަހުން ލިޔުއްވައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
މާޝާﷲ. ތީ ވަރަށް ރަނގަޅު ކަމެއް