2003 ވަނަ އަހަރު އަމްޖަދު އިބްރާހިމް އުފައްދައި ރިލީޒްކުރި ލޯބީގެ ބިރުވެރި ފިލްމު “ދޮންކަމަނަ” އާއި ހަމައަށް ޖެހިލަމާ ހިނގާށެވެ. އެއަށްފަހު، 2005 ވަނަ އަހަރު އަޙްމަދު ނިމާލް އުފައްދައި ރިލީޒްކުރި ބިރުވެރި ފިލްމު “ހަނދު ކޭތަ”އިގެ ބިރުވެރިކަމުގެ ތެރެއިން ފެންނަ ހިތްގައިމު މޫނު، ފިލްމު “ވެހޭ ވާރޭ ތެރޭން” އަށް ޖެހިލުމުން ފެނިގެންދާ ހިތްގައިމު ހިނިތުންވުން ސިފަކޮށްލާށެވެ. ރޫހާނީ ބާރެއްގެ ނުފޫޒު ފޯރަމުންދިޔަ ފިލްމު “އުދަބާނި” (2009)ގައި ފެނިގެންދިޔަ ހުނަރުވެރި އެކްޓިން ދެއްކި ޢާމިރާ އިސްމާޢީލް މަތިން ހަމަ ގައިމުވެސް ދިވެހި ފިލްމީ އޯޑިއަންސް ހަނދާން ހުންނާނެއެވެ.
ޖުމްލަ 20 ފީޗާ ފިލްމާއި 03 ކުރު ފިލްމުގެ އިތުރުން ޓީވީ ސީރީޒެއްގައި ހުނަރުވެރި އެކްޓިންއެއް ދެއްކި އާމިރާ އަކީ ހިތްގައިމު ލަވަތަކަކުން ދިވެހިންްގެ ހިތްތަކަށް ފިނިކަން ހޯދައިދިން ކުޅަދާނަ ފަންނާނެކެވެ. އާމިރާ އަކީ ސަން ފިލްމު އެވޯޑްސް 2ގައި އެންމެ މުނިފޫހިފިލުވައިދޭ އެކްޓްރެސް އަކަށް ނޮމިނޭޓްވުމުގެ އިތުރުން، 07 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު އެކްޓްރެސްއަށް ނޮމިނޭޓްވެ، 08 ވަނަ ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަށް ނޮމިނޭޓްވި ހުނަރުވެރި ތަރިއެކެވެ.
ފިލްމީ މަސައްކަތާ ދުރުގައި 10 އަހަރު ހުރުމަށްފަހު، އާމިރާ އަލުން ފިލްމީ މަސައްކަތާއި ގުޅެނީ ބެލުންތެރިންނަށް ހިތްގައިމު ލަވައެއް ގެނެސްދެމުންނެވެ. އާމިރާ މަސައްކަތް ފަށާފައިވަނީ ބެލުންތެރިންގެ ހިތްތަކަށް ޝިފާއެއް ގެނެސްދިނުމަށް “ޔާރު ތިއޭ މިހިތުގެ ޝިފާ” – ގެނެސްދިނުމަށެވެ.
ބެލުންތެރިންނަށް ހިތްގައިމު އެތަކެއް ލަވަތަކެއް ގެނެސްދިނުމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާާތްތެރިވެފައިވާ ޢަލީ ރަޝީދު (ގޮޅާ)ގެ އަމިއްލަ ޕްްރޮޑަކްޝަން ހައުސް ‘ބްލޫ ވޭވް އެންޓަޓެއިންމެންޓް’ އާއި ‘ޔޫއްޕެ ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ މި ލަވައަކީ އެކްޓަރ/އެޑިޓަރ އަދިި ފިލްމު އުފެއްދުމުގެ ޓެކްނިކަލް މަސައްކަތުގައި ހަރަކާތްތެރިވާ ޒިޔާ ޕްރޮޑިއުސްކުރާ ލަވައެކެވެ.
އާމިރާ އިސްމާޢީލް އާއެކު މި ލަވައިގެން ފެނިގެންދާނީ އަޙްމަދު ޒިޔާޢު (ޒިޔާ) އެވެ. ލަވަ ޑައިރެކްޓްކޮށް ކެމެރާކޮށް އަދި އެޑިޓްކުރަނީ ޢަލީ ރަޝީދެވެ.
‘ބްލޫ ވޭވް އެންޓަޓެއިންމެންޓް’ ގެ އަލަތު އުފެއްދުން “ޔާރު ތިއޭ މިހިތުގެ ޝިފާ” އެއްކޮށް ޝޫޓްކޮށް ނިމިފައިވާކަމަށާ މިހާރު ކުރިއަށްދަނީ އެޑިޓިންގެ މަސައްކަތް ކަމަށް މުނިއަވަސް ޢަލީ ރަޝީދު ބުންޏެވެ.
“ޔާރު ތިއޭ މިހިތުގެ ޝިފާ” އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ ހިތްގައިމު، ރަން އަޑުން ކިޔާފައިވާ ހިތްގައިމު ލޯބީގެ ލަވައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ބުރުގާ އަޅާފަ، ބުރުގާ ނަގާފަ، ބުރުގާ އެއްލާލާފަ، ކަމްބެކް ސޯންގް ކުޅެފަ، – މީ ދޯ މަޖާ މަންޖެއެއް
ވަރަށް އުފާކޮށްފިން އާމިރާ ކަމްބެކް ކުރީމަ. ލަވްލީ ފޭސް. ލަވްލީ ސްމައިލް، އެކްސެލެންޓް ޑާންސިން
ޓީވީން ދައްކާ ލަވަތަުން އަދިވެސް ހަމަ އެންމެ ހިތްގައިމީ ގޮޅާ އައްޔަ ހަދާފަހުރި ލަވަތައް. ތެންކިޔު އައްޔަ ފޮރ އަނަދަރ އޯސަމް ސޯންގް
ދިވެހި ފިލްމު އިންޑަސްޓްރީއަކީ ވަރަށް ހެއްވާ ތަނެކެވެ. އަންޒަމާނު ކަރަޔަށް ވައި އެރި ޒަމާނުގައި އެންމެ ފިލްްމެއް ހެދި ޑައިރެކްޓަރަކީ މާ މޮޅު ޑައިރެކްޓަރެކޯލައެވެ. އޭނާ އެ ފިލްމެއް ހެދި ފަހުން ގަރުނެއްވާން ކައިރިނުވިޔަސް ލައްކަ ދުވަސް ވެއްޖެ އެވެ. އޭގެ ފަހުން އެހެން ފިލްމެއް ނަހަދައެވެ. އެކަމަކު ރާއްޖޭގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރޭލައެވެ. ދެން އޮތީ އެންމެ މޮޅު އަނެއް ޑައިރެކްޓަރެވެ. އަންްހެން ޑައިރެކްޓަރެކެވެ. ހެދިހާ ފިލްމެއް ހިޓްވެެ މޮޅުވީ އެހެން މީހުން ޓެކްނިކަލީ މަސައްކަތް ކޮށްގެންނެވެ. އޭނާ ހުންނަނީ ނަމުގަ ޑައިރެކްޓަރަކަށެވެ. ފަހުން ފަހުން އޭނާ ފިލްމު ހަދަނީ އެހެން މީހުން ލައްވައެވެ. އެކަމަކު ގޮޅާ މެން ކަހަލަ މީހުން އެހާ ގިނަ މޮޅު މަސައްކަތްކުރާ އިރުވެސް އެއީ އެއްވެސް ބަޔަކަށް ނުވާ ބައެކެވެ.
Its so funny when people age and they take off their hijab thinking it’s cool. You looked much better in hijab and I am sorry to say this but your fashion sense is still in the era when you acted. If you were interested you could have still acted as an aunt or a young mother with the hijab on.
މީނަ ދުނިޔޭގަ އުޅޭކަމެއްވެސް ނޫޅޭ ކަމެއްވެސް ނުދެނަހުރިން. އަނެއްކާ ކައްވަޅުން ތެދުވެގެން އެނބުރި އައީބާ؟؟؟؟