ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިހާރުވަނީ ތޫފާން “ބުރެވި” އަށް ބަދަލުވެފައި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކޮށްފިއެވެ.
ތޫފާން “ބުރެވި” ހުޅަނގަށް ދަތުރުކޮށް 2 ޑިސެންބަރު 2020 ވާ ބުދަ ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ
ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށާ، މިތޫފާނަށް އަންނަމުންދާ ބަދަލުތައް މެޓް އޮފީހުން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ރޭ 11:54 ގައި އާއްމުކުރި މޫސުމާއި ބެހޭ ޚަބަރުގައި ބުނެފައި ވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާ ލަފާކުރެވޭ ގޮތުގައި 2 ޑިސެންބަރު 2010 ވާ ބުދަ ދުވަހުގެ ހަވީރު ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށެވެ.
މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މެޓް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށްކޮށް އާންމުކުރަމުން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ
- 14 އޭޕްރިލް 2025ޚަބަރުމަޑުލު ވަޙީދު އަވަހާރަވެއްޖެ