ބޮލީވުޑު ފިލްމީ ސިނާއަތާއި ސިޔާސީ މައިދާނުގައި ހަރަކާތްތެެރިވަމުން އަންނަ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ. މިއަދު ހެނދު ސަނީ ޑިއޯލް ކުރި ޓްވީޓެއްގައި އޭނާ ކޮވިޑަށް ފައްސިވިކަން ހާމަކުރަމުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އުމުރުން 64 އަހަރުގެ ސަނީ ޑިއޯލް މިހާރުު ހުރީ އައިސޮލޭޝަންގައެވެ. އިންޑިޔާގެ ސިޔާސީ ޕާޓީ ބީޖޭޕީގެ މެންބަރު ސަނީ ޑިއޯލް ވަނީ އޭނާއާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމަށް ވެސް އެދިފައެވެ.
ކުއްލޫ ޑިސްޓްރިކްޓްގެ ހެލްތު ސެކްރެޓަރީ އަމީތާބް އަވަސްތީ ބުނީ ކުޑަ ދުވަސްކޮޅަކަށް ސަނީ ޑިއޯލް ހުންނާނީ ކުއްލޫގައި ކަމަށެވެ.
ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި އެމީހުންގެ ބަައްޕަ ކުޅުނު “އަޕްނޭ”ގެ ދެވަނަ ބައި ކުޅުމަށް އެ އާއިލާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. “އަޕްނޭ-2″ގައި ޑިއޯލް އާއިލާގެ ތިން ޖެނެރޭޝަން ހަރަކާާތްތެރިވާނެއެވެ. “އަޕްނޭ-2” ރިލީޒްކުރާނީ 2021 ވަނަ އަހަރު ދިވާލީ ފެސްޓިވަލާ ދިމާކޮށެވެ. މި ފިލްމު ޝޫޓްކުރާނީ މުންބާާއީ އާއި ލަންޑަންގައެވެ.

ކަރަން ޑިއޯލް، ބޮބީ ޑިއޯލް، ދަރުމެންދްރާ، ސަނީ ޑިއޯލް “އަޕްނޭ-2” ގައި ހަރަކާޓްތެރިވާނެ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!