ސްރީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ ބާރު އިތުރަށް ގަދަވެ، މިމަހު 04 ގައި ޓުޓިކޮރިން، ތިރުނެވެލި، ތެންކަސީ އަދި ކަންޔާކުމާރީއަށް އާދަޔާޚިލާފަށް ބޯކޮށް ވާާރޭވެހޭނެ ކަމަށާ މީގެ އިތުރުން ނިލްގްރިސް، ތޭނީ އަދި ޑިންޑުގަލް އަށްވެސް ބޯކޮށް ވާރޭވެހި ތޫފާނުގެ އަސަރުކުރާނެ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނެފިއެވެ.
މިރޭ 08:30 ގައި ތޫފާން “ބުރެވި”ގެ ސަބަބުން ލަންކާގެ ޓްރިންކޮމަލީގެ ބިންގަނޑު ކަނޑައިގެން ގޮސްފައި ވެއެވެ. މާދަމާ ހެނދުނުގެ ވަގުތެއްގައި މި ތޫފާން ގަލްފު އޮފް މަންނާރާ ހަމައަށް ފޯރާނެ ކަމަށާ އެއަށްފަހު އިންޑިއާގެ އައްސޭރިފަށުން ޕަންބަން އާއި ކަންޔާާކުމާރީ އާ ހަމައަށް މާދަމާ ހެނދުނުން ފެށިގެން ޑިސެމްބަރު 04ވަނަ ދުވަހު ހެނދުނާއި ދެމެދުގެ ވަގުތެއްގައި ފޯރާނެކަމަށް ވެސް ޓައިމްސް އޮފް އިންޑިޔާގައި ރިޕޯޓްކޮށްފައި ވެއެވެ.
މި ތޫފާނުގެ ގަދަ ވިއްސާރައިގައި ގަޑިއަކު 70-80 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާ އެންމެ ވައިގަދަވާ ވަގުތު، ގަޑިއަކު 90 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ބުނެއެވެ.
މި ތޫފާނާ ގުޅިގެން އަވައްޓެރި އިންޑިޔާގެ ކެރެލާ ސްޓޭޓަށް މިވަގުތު އޮތީ އެންމެ މަތީ ސަމާލު ނެރެފައެވެ.
މިރޭ 08:00 އިންް މާދަމާރޭ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާާމަކުރައްވައެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން، ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް ބުނެއެވެ.
https://www.youtube.com/watch?v=-a3sjRzlHic
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!