މިހާރު ޝޫޓިން ކުރިއަށްދާ ބޮލީވުޑްގެ ފިލްމު “ޖުގް ޖުގް ޖިއޯ”ގެ މައި ކާސްޓުންގެ ތެރެއިން އަނިލް ކަޕޫރާއި ކިއާރާ އަދްވާނީ ފިޔަވައި ދެން ތިބި ތަރިންނާއި ޑައިރެކްޓަރު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ފައްސިވެފައިވަނީ ވަރުން ދަވަން، ނީޓޫ ކަޕޫރު އަދި ޑައިރެކްޓަރ ރާޖް މެހެތާ އެވެ.
ފިލްމު ޔުނިޓްގެ ތިން މީހުން ކޮޮވިޑަށް ފައްސިވުމާއި ގުޅިގެން ފިލްމުގެ މަސައްކަތް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. އިތުރު އެހެން މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. ފިލްމުގެ ކާސްޓާއި ކްރޫ ޗަންދިގަރަށް ދިޔައީ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގައެވެ.
މި ފިލްމުގައި މަނީޝް ޕޯލް ފެނިގެންދާނެއެވެ. މީގެ އިތުރުން މި ފިލްމަކީ ޔޫޓިއުބްގައި މަޝްހޫރު ޕްރަޖަކްތާ ކޯލީ ބޮލީވުޑަށް ތަޢާރަފުފާ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!