ދިވެހި ފިލްމު އޯޑިއަންސުން ބަލައިގެންފައިވާ ފިލްމު “ވީބޭވަފާ”، “ލީނާ” އަދި “އަނދިރިކަން” ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ޑައިރެކްޓްކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ ފިލްމު “ބީވީމާާ”ގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.
ފިލްމު “ބީވީމާާ”ގެ ޝޫޓިން މިވަގުތު ކުރިއަށްދަނީ މާލޭގައެވެ. ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ޑާކް ރެއިންގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުނީ ކޮވިޑް-19ގެ މި ހާލަތާ ގުޅިގެން މިހާދު ޝޫޓްކުރަމުން ދަނީ މާލޭގައި ނެގެން ހުރި މަންޒަރުތައް ކަމަށެވެ. އެގޮތުން ޝޫޓްކޮށްފައިވަނީ މާލޭ ލޮނުޒިޔާރަތް ޕާކްގައި ނަގަން ޖެހޭ މަންޒަރެއް ކަމަށް މޮގާ ފާހަގަކުރިއެވެ.
“ލޮނުޒިޔާރަތް ޕާކްްގަ ނެގީ ފުދޭ ވަރެއްގެ ބޮޑު ސީންއެއް. ދެރޭ މަތިން އެ ބައި މި ނިމުނީ. އެއީ ފިލްމުގެ ވަރަށް މުހިންމު ބައިތަކެއް ފެނިގެންދާ ސީންއެއް. އިރާދަކުރެއްވިއްޔާ އެ ސީންތައް ދިޔައީ ހަމަ ވަރަށް ރަނގަޅަށް.” ލޮނުޒިޔާރަތް ޕާކްގައި ނެގި ސީންގައި ހަރަކާތްތެރިވި ހުރިހައި އެކްޓަރުންނާއި މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމުން މޮގާ ބުންޏެވެ.
ފިލްމު ”ބީވީމާ”ގެ 60 ވަރަކަށް އިންސައްތައިގެ ޝޫޓިން މިހާރު ނިނމިފައިވާ ކަމަށާ އެހެން ނަމަވެސް ދެން ނަގަން ހުރީ ފުދޭވަރެއްގެ އުނދަގޫ ސީންތަކެއް ކަން މޮގާ ފާހަގަކުރިއެވެ.
“…. ވާގޮތަކީ މި ލޮކްޑައުން ވީމަ، އަޅުގަނޑުމެންނަށް ރަށްރަށަށް ދިއުމުގެ ފުރުޞަތު ނެތުމުގެ ސަބަބުން ރަށްރަށުގައި ނަގަން ޖެހޭ ސީންތައް ނުނެގި އެބަހުރި. ދެން ލޮކްޑައުން ވީމަ އެކްޓަރުންވެސް 10 ވަރަކަށް ދުވަހު ރަށްރަށަށް ގޮސްތިބެންވީމަ އެއްވެސް މީހަކު ދާކަށް ބޭނުމެއް ނުވޭ.” ފިލްމުގެ ބާކީ ހުރި ސީންތައް ރަށްރަށުގައި ނެގުމަށް ހުރި ގޮންޖެހުންތައް ހާމަކުރަމުން މޮގާ ފާހަގަކުރިއެވެ.
ފިލްމު ”ބީވީމާ”ގެ ލީޑްގައި ހަރަކާތްތެރިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އާއި މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލަކުން ލަވަކިޔުންތެރިންކަމަށްވާ އަމާން އާއި ޒަކިއްޓެ އަދި ކޮކީގެ ވެސް ކޮއްކޮ އާދަމް ޒިދާން (ނާނަ) އާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެނިގެންދާނެވެ.
ފިލްމު ”ބީވީމާ” ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ.
ފިލްމު ”ބީވީމާ”ގެ އިތުރުން މިވަގުތު ޑާކް ރެއިން އިން ކުރިއަށް ގެންދަނީ ބިރުވެރި ފިލްމު ”ބަޅިނދު“ އަދި މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދިނުމަށް ހަދާ ވެބް ސީރީޒް ”ރޫމީ އާ ޖަންނަތު“ގެ މަސައްކަތްތަކެވެ.
“ފިލްމު ”ބީވީމާ” އާ ”ބަޅިނދު“ ސިނަމާގަ އަޅުވަން އަޅުގަނޑުމެން އުއްމީދުކުރަނީ. ދެން ”ރޫމީ އާ ޖަންނަތު“ އަންނާނީ މީޑިއާނެޓްގެ މައިޓީވީން.”
ސިޓްކޮމް ”ރޫމީ އާ ޖަންނަތު“ މައިޓީވީން ވަރަށް އަވަހަށް ފެނިގެންދާނެ ކަން ފާހަގަކުރަމުން މޮގާ ބުނީ އަންނަ އަހަރު ޖެނުއަރީގައި ސީރީޒް ދައްކަން ފަށާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.
“ފިލްމު ”ބީވީމާ” އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!