“އެނގެއެއްނު؟” – މިހެން ބުނުމުން އެއީ ކޮން އެކްޓަރެއްކަން ހަމަ ގައިމުވެސް ބައިސްކޯފުގެ މަޝްހޫރު ސިޓްކޮމް “ކަރުހަކުރު” ބަލާ ފަރާތްތަކަށް އެނގޭނެއެވެ. ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ‘ދިވެހި ޗެނަލް’ ހުޅުވައިލުމުން އެ ފެންނަ ދޫ ހެލޭ، ހުނަރުވެރި ޕްރެޒެންޓަރު އަފްރާހް އަކީ ކާކުކަން ކަރަންޓް އެފެއާޒް ޚަބަރަކަށް ޝައުޤުހުންނަ ފަރާތްތަކަށް އެނގޭނެއެވެ.

މުޙައްމަދު އަފްރާހް (ކަރުހަކުރު ސީރީޒްގައި ކުޑޭ) އަކީ ‘ޗެނަލް ވަން’ ޓީވީގައި މަސައްކަތްކުރި ނޫސްވެރިއެކެވެ. އޭގެ ފަހުން މިހާރު އަފްރާހް މަސައްކަތްކުރަނީ ‘ދިވެހި ޗެނަލް’ ޓީވީ ސްޓޭޝަންގައެވެ. ކޮވިޑް-19ގެ ނޫސްވެރިންގެ ބައްދަލުވުންތަކުން، ހަމަ އެންމެ ބައްދަލުވުމެއްވެސް އުނިކޮށްނުލައި ވަރަށް ހީވާގިކަމާއެކު ރައްޔިތުންނަށް ޚަބަރުތައް ގެނެސްދިނުމުގައި އަފްރާހް އަންނަނީ މިސާލު ދައްކަމުންނެވެ.

މުނިއަވަސްގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން، މުނިއަވަސް އާމެދު ދެކޭގޮތް އޮޅުން ފިލުވައިލުމަށް އަޅުގަނޑުމެން ސުވާލުކޮށްލީމެވެ. މުނިއަވަސް އާމެދު ދެކޭ ގޮތް ބުނެދިނުމަށްފަހު، މުނިއަވަސް އިން ކުރަން ފެންނަ ވަރަށް މުހިންމު އަދި އެހާމެ ރަނގަޅު ކަމެއްގެ ޚިޔާލެއް އަފްރާހް ހިއްސާކުރިއެވެ.

މުނިއަވަސް އާމެދު އަފްރާހް ދެކޭ ގޮތް ހިއްސާކޮށްދިނީތީ މުނިއަވަސް ޓީމުގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ. އަފްރާހްގެ ބަހަކީ ކޮބައިތޯ މި ހިމަނާލާ ވީޑިއޯއިން ބަލައިލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.