ކޯޑް ބްލެކް ނަމުގައި ބ. ދަރަވަންދޫ ނޫހިރީގައި ކުރިން ހިންގި ރެސްޓޯރެންޓް ރީބުރޭންޑްކޮށް “ޓޭސްޓު ބާ”ގެ ނަމުގައި އައު ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ހަރަހެރި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާއެކު މި މަހުގެ 18 ވަނަ ދުވަހު ދަރަވަންދޫ ޑޮމެސްޓިކު އެއަރޕޯޓަށް ދާން އޮންނަ މަގުގައި ހުޅުވި މި ރެސްޓޯރެންޓަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި މެހުމާނުންނަށް ހިތްގައިމު މާހައުލަކަށް ވެގެންދާނެ ހިތްފަސޭހަ ޒަމާނީ ރެސްޓޯރެންޓެކެވެ. އަދި ހަމަ އެހެންމެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިން ޒިޔާރަތްކުރާ ދަރަވަންދޫގައި މި ފަދަ ހިތްގައިމު ރެސްޓޯރެންޓެއް ހުޅުވިގެން ދިއުމަކީ އެ ރަށަށް ޒިޔާރަތް ކުރާ އެންމެނަށްވެސް ހިތްހަމަ ޖެހުން ގެނެސްދޭނެ ކަމެއްކަން ޔަޤީނެވެ.

“ޓޭސްޓް ބާ”އިން ލިބޭ މެނޫތަކަށް ބަލާއިރު ގިނަ އަދަދެއްގެ މީރު ރަހަތަކާއި ބުއިންތައް އެކުލެވޭ މެނޫތައް ހިމެނެއެވެ. ވަކިން ހާޞަކޮށް “ޓޭސްޓް ބާ” ކިޗަންގެ ރަހަތަކީ ރާއްޖޭގައި ނަން ހިނގާ ވަރަށް މީރު ރަހަތަކެއް އެކުލެވޭ ތަފާތު ކެއުން ތަކެކެވެ.

މި ރެސްޓޯރެންޓުގެ ސަބަބުން ދަރަވަންދުއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބެގެންދާނެކަމަށް “ޓޭސްޓް ބާ”ގެ ވެރިޔާ ރިއްސީން މުހައްމަދު ނައީމް ވިދާޅުވެއެވެ. ރިއްސީން ވިދާޅުވި ގޮތުގައި “ޓޭސްޓް ބާ”އިން އަބަދުވެސް މަސައްކަތް ކުރާނީ “ޓޭސްޓް ބާ”އަށް ޒިޔާރަތްކުރާ ފަރާތްތަކުން އެދޭފަދަ ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދެވޭތޯއެވެ.

އެހެންކަމުން ކުރިމަގުގައި “ޓޭސްޓް ބާ”އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިނިތުންވުން ގެނެސްދޭނެ ތަނަކަށް ވެގެންދާނެކަން ޔަޤީނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.