މީގެ ހަތް އަހަރު ކުރިން އުފެއްދި މަޝްހޫރު ރޮކް މިއުޒިކް ބޭންޑް “އީމާންސް ކޮންސްޕިރަސީ”ގެ އައު އަލްބަމް “ފަސްނަފުސު” ލޯންޗު ނެރެފިއެވެ. މިރޭ ނެރުނު މި އަލްބަމް މިއީ މި ބޭންޑުގެ ދެވަނަ އަލަބްމެވެ.
ބޭންޑުގެ ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ނެރުނު “ފަސްނަފުސު” އަލްބަމްގައި ހިމެނެނީ ފަސް ލަވަ އެވެ. މި އަލްބަމްގެ ލަވަތައް ލަވަފޮށި އެޕް އަދި ސައުންޑް ކްލައުޑުން އަޑުއަހައިލެވޭނެ އެވެ. މީގެ އިތުރުން “އީމާންސް ކޮންސްޕިރަސީ” ވެބްސައިޓްގެ މި ލިންކު މެދުވެރިކޮށް ލަވަތައް ޑައުންލޯޑްވެސް ކުރެވޭނެ އެވެ.
އަލްބަމްގައި ހިމެނޭ ފަސް ލަވައަކީ:
1- ނޫނޭ ސާބަހޭ
2- ދެބަސް
3- ސުން ބުއްދި
4- ސަހަލެއް ނޫން
5- ފަސް ފަހެތިން އެވެ.
އަލްބަމްގެ މި ފަސް ލަވައަކީ ހިތްގައިމު ރާގުތަކަކަށް ކިޔާފައިވާ ހިތްގައިމު ލަވަތަކެކެވެ. މީގެ އިތުރުން ލަވަތަކުގެ ޅެންވެރިކަމާއި ބަސް އެމުނުމާއި ވަޒަންތައްވެސް ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން މާލޭގައާއި މީސްމީޑިއާ ތެރޭގައި ‘ފސނފސ’ މި ފަސް އަކުރު ޖަހައިގެން ވަރުގަދަ ކެމެޕޭނެއް ކޮށްފައިވެއެވެ. ބައެއް މީހުން މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ލޭބަލްކޮށް ވާހަކަދެއްކިއިރު، މި އަކުރުތައް އެންމެ ގިނައިން މީސްމީޑިއާގައި ހިއްސާކޮށްފައިވަނީ ރާއްޖޭގެ މިއުޒީޝަނުންނެވެ. އެހިސާބުން މިއީ މިއުޒިކާ ގުޅުންހުރި ކަމެއްކަން މިއުޒިކީ ފަންނާނަކު މުނިއަވަސް އަށް ކަށަވަރުކޮށްދީފައި ވެއެވެ.
“ފަސްނަފުސު” އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރު ކުރުމުގެ ވިސްނުންވެސް “އީމާންސް ކޮންސްޕިރަސީ”ން ގެންގުޅެއެވެ. މީގެ އިތުރުން މިއަންނަ އަހަރު އިތުރު ލަވަތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި