’ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ޑްރާމާ ސީރީޒް ”ހުވާކޮށްފާ ބުނަން” ބައިސްކޯފަށް ވަރަށް އަވަހަށް އަންނާނެ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުން މި ސީރީޒް ދައްކަން ފަށާނީ އަންނަ އަހަރު ޖެނުއަރީގައެވެ.
ޑްރާމާ ސީރީޒް ”ހުވާކޮށްފާ ބުނަން” ބައިސްކޯފުން ދެއްކުމަށް ނިންމާފައިވާކަން މިހާތަނަށް ބައިސްކޯފުން ހާމަކޮށްފައި ނުވިޔަސް، ސީރީޒް ލިޔެ ޑައިރެކްޓްކުރާ ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނީ އެކަމުގެ ވާހަކަ ދެކެވެމުން އަންނަ ކަމަށާ ގޮތަކަށް ފައިނަލްވެފައި ވިޔަސް އަދި އެއްކޮށް ފައިނަލް ނުވާ ކަމަށެވެ.
ޑްރާމާ ސީރީޒް ކެމެރާކޮށް ޕޯސްޓްޕްރޮޑަކްޝަން ހަދާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) ވެސް ބުނީ އެކަމުގެ ވާހަކަތައް ބައިސްކޯފާ ދެކެވެމުން އަންނަ ކަމަށާ ޖެނުއަރީ މަހު ދައްކަން ފަށަން ވާހަކަދައްކާފައިވާ ކަމަށެވެ.
ރިލީޒްކުރާނެ ޕްލެޓްފޯމަކާއި ތާރީޚަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޔޫއްޕެގެ ވެބް ސީރީޒް ”ހުވާކޮށްފާ ބުނަން“ ގައި ވަރަށް ބައިވަރު އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވާލާފައި ވާނެ ކަމަށް ސީރީޒްގެ ޓީމުން ބުނެއެވެ.
ސީރީޒްގެ ޓްރެއިލާއެއް ރިލީޒްކޮށްފައިވާއިރު އެ ޓްރެއިލާއިން ’ޔޫއްޕެ ސްޓައިލްގެ ކޮމެޑީ‘ މަންޒަރުތަކަކާއެކު ލޯބީގެ ކަންތައްތަކެއް ދައްކުވައިދެއެވެ. އެގޮތުން ޔޫއްޕެގެ ކާމިޔާބު އުފެއްދުންތައް ކަމަށްވާ ”ބައިވެރިޔާ“، ”ނޯޓީ ފޯޓީ“ އަދި ”ފޯޓީ ޕްލަސް“ގެ ފީލްއެއް ޓްރެއިލާއިން ފެނިގެން ދެއެވެ.
ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ 26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!