މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހާދިސާއެކެވެ. ނިޒާމު (އަސްލު ނަމެއްނޫން) އަކީ ގާތް ރަހުމަތްތެރިއެކެވެ. ބައެއް ފަހަރު އެކަނި އިނދެ ކުރާ މޮޔަ ކަންކަން އަނެކާއަށް ހިއްސާކުރުމަށް ފަސް ޖެހެއެވެ. ވީވެސް ހަމަ އެހެންތާއެވެ. ނިޒާމަށްވެސް ލިބުނީ މި ފަދަ ކެއްސެކެވެ.

މީގެ ދޮޅު މަސްކުރިން ނިޒާމު އޮންލައިންކޮށް ރާއްޖެއިން ބޭރުން ބުރުމާ ސެޓެއް ގަތުމަށް އޯޑަރު ދިނެވެ. އަދި އެއަށްވާ ފައިސާވެސް ޓްރާންސްފަރ ކުރިއެވެ.

އޭގެ ދޮޅުމަސްފަހެވެ. ނިޒާމުގެ ފޯނަށް ޕޯސްޓް އޮފީހުން މެސެޖެއް ލިބުނެވެ. ޕޯސްޓް ލިބުނު ކަމާއި އެ ނަގަން ދިއުމަށެވެ. އެހެންކަމުން ނިޒާމް އަވަސް އަވަހަށް ޕޯސްޓް އޮފީހަށް ގޮސް ލިބުނު ޕޯސްޓް ނެގިއެވެ. ނަމަވެސް ލިބުނު ޕޯސްޓްގެ ލުއިކަމާމެދު ޝައްކު އުފެދިގެން ބަންދުކޮށްފައިވާ އުރަ ވަގުތުން ކަނޑާލިއެވެ. ކަމަކުދާކަށް ނެތެވެ. އޭގައި އޮތީ ބުރުބާ ޢިޝްތިހާރު ޕޯސްޓަރެކެވެ. އެހެންކަމުން މި ވީގޮތެއް ބަލަން އޮންލައިނުން އެ ގަތް ސައިޓަށްވަދެ ރަނގަޅަށް ބަލާލިއެވެ. ހީކުރި ގޮތާއި މުޅިން ޚިލާފެވެ. އަގުހެޔޮކޮށް ގަންނަން އޯޑަރު ދެވުނީ ބުރުމާ ސެޓަކަށް ނޫނެވެ. ފާރުގައި ހަރުކުރާ ބުރުމާ ޕޯސްޓަރަކަށެވެ.

ކުރާނެ ކަމެއް ނެތެވެ. އަގުހެޔޮކޮށް ބުރުމާ ސެޓް ގަންނަން ކުރި އިންތިޒާރު މިވީ ބޮޑު އިސްރާފަކަށެވެ. ނަމަވެސް މި ލިބުނީ އިބުރަތެއް ލިބުނު ފިލާވަޅެއް ކަމަށް ނިޒާމް ގަބޫލުކުރިއެވެ. އެހެންކަމުން އެއްޗަކަށް އޯޑަރު ކުރާއިރު އެ އޯޑަރު ކުރެވެނީ ތިމާ ބޭނުންވާ އެއްޗަކަށްތޯ ބަލާލުން މުހިންމެވެ. ނޫނީ އެއްލާރީގެ ބަދަލުގައި އެތައް ލާރިއެއް ބޭކާރުވެދާނެއެވެ. ނޫނީ މިފަދަ ކެއްސެއް ލިބުންވެސް އެކަށީގެން ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.