މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ހިމެނޭ ނަންތަކާއި ތަންތަނަކީ ވާހަކައިގެ މާހައުލާއި ސަޚްޞިއްޔަތުތައް ބިނާކުރުމަށް ބޭނުންކޮށްފައިވާ ނަމާައި ތަންތަނެވެ.
ސްކޫލު ދަޢުރު ނިންމާލުމަށްފަހު އިތުރަށް ކިޔެވުމުގެ ބޭނުމުގައި އަހަރެން މާލެ ބަދަލުވީމެވެ. އަދި ސައިރިސް ކޮލެޖުން ހިންގާ ކޯހެއް ގައި ބައިވެރިވެ ކޯސް ފުރިހަމަކުރުމުގެ މަސައްކަތް ފެށީމެވެ. ކޯހަށް ދިއުމުގެ އިތުރުން ލިބޭ ހުސްވަގުތުތަކުގައި އެކުވެރިންނާއެކު ކުޅެ މަޖާކޮށްލަން ދިއުމަކީ އަހަރެންގެ އާދައެކެވެ. މިގޮތުން ބައެއް ދުވަސްދުވަހު ހަވީރުގެ ވަގުތުތަކުގައި ރައްޓެހިންނާއެކު އަހްމަދިއްޔާ ސްކޫލު ކައިރީ އޮންނަ ޕާރކަށް ފުޓްބޯޅަ ކުޅެލަން ދަމެވެ. އެދުވަސްވަރަކީ އެޕާރކް ތެރޭގައި އަންހެނުންގެ ބަށި މުބާރާތެއް ފަށައިގެން ކުރިއަށްދާ ދުވަސްވަރެކެވެ. ކުޅިބެލުމަށް ޒުވާން ފުރައިގެ ގިނަ އަދަދެއްގެ ޖިންސްލަތީފުންވެސް އެތަނުގައި ފޯރި ނަގަމުން ގެންދެއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން އަަހަރެން ފުޓްބޯޅަ ކުޅެ ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ކަޅިގޮސް ހުއްޓުނީ އަހަރެންގެ ވަރަށް ގާތް ރައްޓެސަކާ ވާހަކަ ދައްކަން ހުރި ބުރުސޫރަ ރީތި ޒުވާން ޖިންސްލަތީފަކަށެވެ. އެވަގުތު އަހަރެންގެ މެއަށް ހީވީ އިސްޤީގެ ތީރެއް ހަރާލި ހެންނެވެ. ހިތާހިތުން ކިޔާލެވުނެވެ. “ހާދަ ރީއްޗެވެ. ހިތްގައިމެވެ.”
ރީތި ބަނިއާދަން ހަށިގަނޑެކެވެ. އަހަރެންގެ ހިތް ފުރަތަމަ ނަޒަރުންވެސް ލޯބި ދެވިއްޖެއެވެ.
”ލޯބި ވާނަން ހެއްޔެވެ.” މިކަހަލަ ޚިޔާލަކަށް ގެއްލިފައި ހުރުމަށްފަހު އެޒުވާން ޖިންސްލަތީފުގެ ކައިރިއަށް މަޑުމަޑުން ދެވެން ފެށުނެވެ. އަދި އެޖިންސްލަތީފުގެ ކައިރީގައި ހުރި ސަމާޙްގެ މިތުރު ކަމަށްވާ ނަޖާޙް އާއި ވާހަކަ ދައްކަން ފެށިއެވެ. އަދި ސަލާން ކޮށްލުމަށްފަހު އެއަންހެން ކުއްޖާއަށް އިސާރަތްކޮށް މިއީ ކޮންކުއްޖެއްހޭ ސަމާޙްއަށް ބޭ އިހުތިޔާރުގައި އަހާލެވުނެވެ. އެވަގުތު ނަޖާހް ސަމާސާ ރާގަކަށް ހީލާފައި މިއީ އަހަރެންގެ ބިޓޭ ބުންޏެވެ. މިހެން ބުނުމުން ފާޑަކަށް މާޔޫސްވެ ހުރެ ކަތި ނަޒަރަކުން އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި ހިނގައިގަތެވެ. އެވަގުތު ނަޖާހް ސަމާޙްއަށް ގޮވާލިއެވެ. އަދި ބުންޏެވެ. މިއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އެއީ އަހަރެން ސަމާސާއަކަށް ބުނި އެއްޗެކެވެ. މިހެން ބުނުމުން ސަމާޙް އެ ރީތި މަލެއްފަދަ އަންހެން ކުއްޖާއާއި ސަލާމްކޮށްލުމަށްފަހު ރަކިގޮތަކަށް ބަލާލުމަށްފަހު ހިނގައިގަތެވެ.
ޖެހިގެން އައި ރެއެވެ. ނަޖާޙް ސަމާޙް އަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް ބައްދަލުކޮށްލުމަށް އެދުނެވެ. ނަޖާހް ގުޅުމާއެކު ހިތް އަވަސްވެފައި ހުރިވަރުން އަވަސް އަވަހަށް ފެންވަރާލައިގެން ނަޖާހް ކައިރިއަށް ދިޔައެވެ. އެވަގުތު ނަޖާހްގެ ޖީބުން ގަނޑުކޮޅެއް ނަގާ ސަމާޙްއަށް ދިއްކޮށްލިއެވެ. ސަމާޙް ވަރަށް ހައިރާންވެ ހުރެ މިއީ ކޯއްޗެއްހޭ އަހާލިއެވެ. ނަޖާހު ބުންޏެވެ. ތި ގަނޑުކޮޅު ބަލާލަ ބަލާށެވެ. މިހެން ބުނުމުން ސަމާޙް އެގަނޑުގޮޅު ނަގާ ކިޔާލިއެވެ. އޭގައިވަނީ ”އެގެން ބޭނުން” ވާ ވާހަކައެވެ. ވަގުތުން ސަމާޙް އެގަނޑުކޮޅުގެ ތިރީގައި ސަމާޙްގެ ފުރިހަމަ މަޢުލޫމާތާއި ފޯނު ނަމްބަރު ޖަހާލުމަށްފަހު ނަޖާހްގެ އަތަށް ދިއްކޮށްލިއެވެ. އަދި ދެމީހުން އޮލަވާހަކަތަކެއް ދެއްކުމަށްފަހު ނަޖާހް ދިއުމުން ސަމާޙްވެސް އެނބުރި ގެއަށް ދިޔައެވެ.
ނަޖާޙް ގެއަށްދިއުމާއެކު ނަތާ އަވަސް އަވަހަށް ނަޖާހްގެ ކައިރިއަށް ދިޔައެވެ. އެވަގުތު ނަޖާހް އެއްކަލަ ގަނޑުކޮޅު ނަތާ އަތަށް ދިއްކޮށްލިއެވެ. ނަތާ ގަނޑުކޮޅު ނަގާ ބަލައިލުމަށްފަހު އޭގައިވާ ނަމްބަރަށް ގުޅާލިއެވެ.
ނަތާ ހަލޯ… ސަމާޙްތަ؟
ސަމާޙް: ޔަޕް.. ސަމާޙް ވާހަކަދައްކަނީ…
ނަތާ: މީ ކާކުކަން އެގިއްޖެތަ؟
ސަމާޙް: ނޭގުނު.. ބުނީމަތާ އެނގޭނީ…
ނަތާ: މީ ނަތާ ކިޔާ ކުއްޖެއް…
ނަތާ މިހެން ބުނުމާއެކު ސަމާޙްގެ މެޔަށް ހީވީ ފެން ބަނޑިޔަލެއް އޮއްސާލި ހެންނެވެ. އުފަލުންގޮސް ބުނާނެއެއްޗެއް ނޭގުނެވެ. ހިތް އަވަސް ވެފައި ހުރިވަރުން ދޫއޮޅޭގޮތް ވިއެވެ… އަދި ނަތާ ކަން އެގުމުން ވަރަށް އުފަލުން ހުރެ ވާހަކަދައްކަން ފެށިއެވެ. ފޯނުކޯލު ނިމިގެން ދިޔައީ ޖެހިގެން އަންނަ ރޭ ނަތާ އާއި ބައްދަލުކުރުމަށް ސަމާޙް އެދުމުންނެވެ. ސަމާޙްގެ ހިތް އަވަސްވެފައި ހުރިވަރުންނާއި ނަތާގެ އެ ހިތްގައިމު އަސަރުގަދަ އަޑުގެ ސަބަބުން އެރޭގެ ނިދިން ސަމާޙް މަހުރޫމް ވެއްޖެއެވެ. ނިދިޖެހޭއިރަށް ފެންނަނީ ނަތާގެ އެރީތި ސޫރަ އެވެ. އެ ހިތްގައިމު އަޑެވެ. މިގޮތުގައި އެނދުމަތީ އެއްފުށުން އަނެއްފުށަށް ޖެހި އޮއްވައި އިރުގަނޑެއްފަހުން ނިދޭގޮތް ވެއްޖެއެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު
Masha allah very nice story I like this story very much now waiting for part 2