ބައިސްކޯފުގެ ބެލުންތެރިންނަށް އައު އަހަރާއި ގުޅުވައިގެން ތަފާތު ސަޕްރައިޒްތަކެއް ގެނެސްދޭނެކަން ހާމަކޮށްފައިވާއިރު، މަޝްހޫރު ސްކްރީން ރައިޓަރ/ޑައިރެކްޓަރ މޫމިން ފުއާދުގެ “ފީހާލި” ގެ ޓްރެއިލާ މިއަދު އާއްމުކޮށްފިއެވެ. މިއީ 30 މިނެޓްގެ ކުރު ފިލްމެކެވެ.
ޓްރެއިލާ ރިލީޒްކުރަމުން ބައިސްކޯފުން ބުނީ އާ އަހަރާއެކު އާ ފިލްމެއް، މިއީ ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ޚާއްޞަ ހަދިޔާ ކަމަށެވެ.
“ފީހާލި”ގެ ތަރިންގެ ތެރޭގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ނަތާޝާ ޖަލީލް، އަލީ ފިޒާމް، އަހުމަދު އިޝާރު، މުހައްމަދު ޒުހުރީ އަދި ވާޝިޔާ މުހައްމަދު ހިމެނެއެވެ. މީގެ އިތުރުން ހުނަރުވެރި އިރެކްޓަރު އަދި އެޑިޓަރު އަލީ މުސްތަފާ (ސެމީ) ގެ އެންމެ ދޮށީ ދަރިފުޅު އަނޫފް އަލީ މުސްތަފާ ވެސް މި ފިލްމުން ތައާރަފު ވެގެންދާނެއެވެ.
މި ފިލްމުން ދަައްކައިދޭނީ ބައެއްގެ ދިރިއުޅުމުގެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ފޮރުވިފައިވާ ބޮޑެތި ކަންތައްތަކެއް މި ފިލްމުގެ ކުރު ޓްރެއިލާއިން ވެސް ހާމަވެއެވެ.
އެންމެ ފަަހުން ބައިސްކޯފުން ގެނެސްދިން މޫމިންގެ އުފެއްދުމަކީ ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެންދިޔަ ވެބް ސީރީޒް “ގަމިނި”އެވެ.
✨✨ NEW YEAR SPECIAL!!! ✨✨
New year? New movie? We got the best NEW YEAR gift for #Baiskoafu users.
Moomin Fuad’s “Feehaali” is coming to #Baiskoafu pic.twitter.com/snGQrPRhCK— Baiskoafu (@baiskoafu) December 29, 2020
ލިޔުންތެރިޔާގެ ފުރަމަލަ
