ލ. ހިތަދޫގައި އަތޮޅުވެރިކަން ކުރި ދުވަސްވަރު އަތޮޅު އޮފީސް ކުރިމަތީގައި ވަރަށް ހިތްގައިމު ޕާކެއް ތައްޔާރުކޮށް އެ ޕާކް ތެރޭގައި ފެންގަނޑެއް ނުވަތަ ޕޮންޑެއް ހެދި އެވެ. މި ޕޮންޑް ހެދީ އެންދަމަން އޮންނަ މަސްދޯންޏެއް ސިފަކޮށްދޭ ގޮތަށެވެ. ދާދި ފަހުންވެސް މި ދޯނީގެ ބައިތައް ފެންނަން ހުއްޓެވެ. ނަމަވެސް މިހާރު ވަނީ އެ ދޯނި ހުރިތަނަށް ހައިމާކުން ފަސްއަޅައި ފޮރުވާލާފައެވެ.

https://web.facebook.com/Laamu-History-128189377304773/

ލ. ހިތަދޫ އަތޮޅު އޮފީސް ކުރިމަތީގައި އޮތް ޕާކް ތެރޭގައި ހަދާފައިވަ ދޯނި ފޮޓޯ: ލާމު ހިސްޓްރީ ޕޭޖް

މި ޕާކާއި ދޯނީގެ މަސައްކަތް އެދުވަސްވަރު ކުރީ އޭރު ހިތަދޫގައި ހުންނަ ސިއްޚީމަރުކަޒުގެ ކޮމިއުނިޓީ ހެލްތު ވޯރކަރ ދަނބިދޫ ޙަސަން މޫސާ (ސެންޓަރު ޙަސަން މަނިކު) އެވެ. މި ދޯނީގެ މަސައްކަތް ރޭވިގެންދިޔަ ގޮތާއި މަސައްކަތް ކުރި ގޮތާއި މިކަމާއި ގުޅުންހުރި މަޢުލޫމާތު ތައް އޮޅުންފިލުވައިލުމަށް މުނިއަވަސް އިން މިވަނީ ސެންޓަރު ހަސަން މަނިކާއި ވީޑިއޯ އިންޓަވިއު އެއް ކޮށްފަ އެވެ.

ޙަސަން މަނިކަކީ މި ދޯންޏާއި ޕާކް ފަރުމާކޮށް އެ މަސައްކަތް ކުރުވުމަށް އެންމެ އިސްކޮށް އުޅުއްވި ފަރާތެވެ. މި ދޯންޏާއި ޕާކު ހެދުމުގެ މަސައްކަތަކީ އޭރު އަތޮޅުވެރިއަކަށް ހުންނެވި އަލްމަރުހޫމް އިސްމާޢީލް މުޙައްމަދު (ޖަންބު ދޮން އިސްމާޢީލް) ގެ އިސްނެންގެވުމަށް ކުރެވުނު ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ. މި ކަމުގެ ސަބަބުން އޭރު އަތޮޅުގެ ވެރިކަން ކުރި ހިތަދޫގެ މަލަމައްޗަށް އިތުރު ރީތިކަމެއް ގެނެސްދީފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.