އަރިއޮންލައިންގެ ނަމުގައި އަރިއަތޮޅަށް ޚާއްޞަ އޮންލައިން ނޫހެއްގެ މަސައްކަތް ފަށައިފިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން މިހާރު މި އޮންލައިން ރަޖިސްޓްރީ ކޮށްފައިވާއިރު, ވަރަށް އަވަހަށް ވެބްސައިޓް އިފްތިތާހް ކުރެވިގެންދާނެ ކަމަށް އަރިއޮންލައިން އިންބުނެއެވެ.
މުނިއަވަސް އާ ވާހަކަދައްކަމުން އަރިއޮންލައިން ގެ މަސްޢޫލުވެރިޔާ ސައިފުﷲ މޫސާ ވިދާޅުވީ މިއީ އަރިއަތޮޅަށް ޚާއްޞަކޮށްގެން އޮންލައިން ނޫހެއްއުފެދިގެން އަންނަ ފުރަތަމަފަހަރު ކަމަށެވެ
މީގެ އިތުރުން, އޭނާ ވިދާޅުވީ އަރިއަތޮޅަކީ އެކި ދާއިރާތަކުގެ ތަފާތު ފަންނުވެރިން ގިނަ އަތޮޅެއްކަމަށާއި, އަރިއޮންލައިން އިން އަތޮޅުގެ
ތަފާތުއެކި ފަންނުތަކުގެ ފަންނުވެރިންގެ ވާހަކަތަކާ ޚަބަރުތައް ތާޒާކަންމަތީ ގެނެސްދެމުންދާނެކަމަށެވެ.
އަރިއޮންލައިން އުފެއްދުމުގައި މުނިއަވަސްގެ ކުރީގެ ނިއުސް ހެޑް މުހަންމަދު ރިފާޒް ވެސް ހަރަކާތްތެރިވެއެވެ. އޭނާއަކީ އަރިއޮންލައިންގެ ނިއުސްހެޑްވެސް މެއެވެ.
މުނިއަވަސްއަށް މައުލޫމާތު ދެމުން ރިފާޒް ވިދާޅުވީ އަރިއޮންލައިން އިން ޒަމާނުއްސުރެ ފަނޑުވެފައި އޮތް އަރިއަތޮޅުގެ އަޑު އިއްވައިދޭނެކަމަށާއި އަރިއަތޮޅުގެ އަޑު ދެން ފަނޑުވެގެން ނުދާނެކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޮކްޓޯބަރ 2024ޚަބަރު“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!
- 10 އޮކްޓޯބަރ 2024ޚަބަރުކޮކޯ ހަސަން ވަރުގަދަ ޗެލެންޖެއް ކުރަމުން “ގެއްލުނު ރޭ”
- 10 އޮކްޓޯބަރ 2024ޚަބަރުއިންޑިޔާގެ ރެކޯޑް ލޭބަލްގެ ދަށުން އަދުހަމްގެ ތިންވަނަ ލަވަ ނެރެފި
- 9 އޮކްޓޯބަރ 2024ޚަބަރު“ބިބީ” ރިލީޒްކޮށްފި، ބެލުންތެރިންގެ ތަޢުރީފު އޮހެނީ!