ރާއްޖޭގެ ހިޕްހޮޕް އަދި ރެޕްގެ ކޯރުގައި އެންމެ ވަރުގަދަ ރެކޯޑް ލޭބަލް ސިމްބޮލިކް ރެކޯޑްސްގެ ފުރަތަމަ އެނިމޭޓެޑް ވީޑިއޯ ލަވަ “ދަތިތައް” ބައިސްކޯފު ގައި ރިލީޒް ކޮށްފި އެވެ.
ބައިސްކޯފު މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސް އިން މިމަހު 15ގައި ނެރުނު ‘ކޯވަރެއް’ އަލްބަމްގައި ހިމެނޭ “ދަތިތައް” ލަވައަށް ވީޑިއޯ އެނިމޭޝަން ހަދާފައިވަނީ މުސްތަފާ މުހައްމަދު (ކުލަފިހި) އާއި، ސިމްބޮލިކްގެ ރެޕް އާޓިސްޓް މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) އެވެ.
ޕެސްޓް ބުނީ މަސްދުވަސް ތެރޭގައި މި ޕްރޮޖެކްޓް ނިންމުން އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ކުލަ ފިހި މުސްތޮގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ.
“ދަތިތައް” ވީޑިއޯލަވަ ބަލާލެވޭނީ ހަމަ އެކަނި ބައިސްކޯފުންނެވެ.
’ކޯވަރެއް’ އަލްބަމްގައި ވަރަށް ހިތްގައިމު 20 ލަވަ ހިމެނޭއިރު، މިއީ ސިމްބޮލިކުން ގާއިމުކޮށްފައިވާ ރެކޯޑެއް ކަން ފާހަގަކޮށްލެވެއެވެ.
ސިމްބޮލިކްގެ އެންމެ ފުރަތަމަ އެނިމޭޓެޑް ވީޑިއޯ ލަވަ. މިއީ @Mustho_kulafihi އާއި، @darknezztoy ކޮށްފައިވާ ވަރަށް ބުރަ އަދި ފުރިހަމަ މަސައްކަތެއް. މި ވީޑިއޯލަވަ ބަލާލެވޭނީ ހަމަ އެކަނި @baiskoafu އިން. #Koavareh pic.twitter.com/oOKDHLalHU
— #ކވރއ (@SymbolicRecords) January 16, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟