ރާއްޖޭގެ ފުރަތަމަ ސިޓްކޮމްގެ ލީޑުން ފެނިގެންދިޔަ، ކުރިއަރަމުން އަންނަ އެކްޓަރު ރަޢުފަތު ޞާދިޤް، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ސިޓްކޮމް “ރޫމީ އާ ޖަންނަތު” ސީރީޒުން ފެނިގެންދާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ މީޑިއާނެޓް އޮރިޖިނަލް “ރޫމީ އާ ޖަންނަތު“ގައި ރަޢުފަތު ފެނިގެންދާނީ ‘މީރަބު’ގެ ކެރެކްޓާ އިންނެވެ. ސިޓްކޮމް ‘ކަރުހަކުރު’ގައި ހުނަރުވެރި މަޖާ އެކްޓިންއެއް ދެއްކި ރަޢުފަތު ޞާދިޤް އަކީ ހުނަރުވެރި އެކްޓަރެއް ގެ އިތުރުން ހުނަރުވެރި ޕްރެޒެންޓަރެއް ވެސް މެއެވެ.

ދިވެހިބަހުގެ އެންމެ ޝަރަފުވެރި އެދުރު، ޢަބްދުﷲ ޞާދިޤް ގެ ދަރިފުޅު ރަޢުފަތު މި ސީރީޒުން ފެނިގެންދިއުމަކީ ސީރީޒަށް ލިބޭނެ އިތުރު ފުރިހަމަކަމެއް ކަމަށް ބެލެވެއެވެ.

ރޫމީ އާ ޖަންނަތު“ގެ ކާސްޓިންގެ ޕޯސްޓަރުތައް ވެސް، ޑާކް ރެއިންގެ ސްޓައިލްގައި އިއްޔެގެ ވަގުތެއްގައި ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން، މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ ތަރިންގެ ޕޯސްޓަރުތައް އާއްމުކޮށްފައިވެއެވެ.

މީޑިއާނެޓްގެ މަލްޓިސްކްރީން އެޕް މެދުވެރިކޮށް ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގެ ރޭ 00:00ގައި “ރޫމީ އާ ޖަންނަތު“ގެ އައު އެޕިސޯޑެއް ދައްކާނެއެވެ. މިހައިތަނަށް 03 އެޕިސޯޑް ދައްކާފައިވާއިރު، މި ތިން އެޕިސޯޑް ވެސް ހިލޭ ބަލައިލެވޭނެ އެވެ.

ލީޑުން ފުބޫ އާއި ނުޒޫ ފެެނިގެންދާ ”ރޫމީ އާ ޖަންނަތު“ ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

ރޫމީ އާ ޖަންނަތުު“ ބެލުމަށް މީޑިއާނެޓް މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން ޑައުންލޯންޑްކޮށްލާށެވެ. އެއަށްފަހު މީޑިއާނެޓް ޕެކޭޖް ބޭނުންކުރާ ފަރާތްތަކުން ޕެކޭޖަށް ދީފައިވާ ޔޫސަރ އައިޑީ (ހަ ޢަދަދުގެ ހިސާބު ނަންބަރު) ޖެހުމަށްފަހު ޕާސްވޯޑަކަށް، ޕެކޭޖް ރެޖިސްޓްރީ ކުރުމުގައި ދީފައިވާ އައިޑީކާޑުގެ ނަންބަރު ޖަހައިލުމުން ލޮގިން ވެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.