ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރެޕް/ހިޕްހޮޕް އާރޓިސްޓް ސޮއްޕެ ގެ އާ ލަވައެއް އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ރިލީޒް ކޮށްފި އެވެ. ‘ވަރަށް ނުރައްކާ’ ގެ ނަމުގައި ސޮއްޕެ ގެ ފޭނުންނަށް ހަދިޔާކޮށްފައިވާ މި ލަވަ ރިލީޒް ކޮށްފައި ވަނީ ސައުންޑް ކްލައުޑް އަދި ޔޫޓިބް ގައެވެ.
މަޝްހޫރު ރެޕާ ސޮފްވާން ޢަލީ (ސޮއްޕެ) ގެ މި ލަވަ އާއިމެދު މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނީ މި ލަވައަކީ ސޮއްޕެ ގެ އަމިއްލަ ރާގަކަށް ސޮއްޕެ އާއި ޖައި ހަދާފައިވާ ލިރިކްސް އަކަށް ކިޔާފައިވަ ލަވައެއް ކަމަށެވެ.
‘ވަރަށް ނުރައްކާ’ ގެ މިއުޒިކް ހަދާފައިވަނީ މިސްޓީ އެވެ. ލަވައިގެ މިކްސިން އަދި މާސްޓަރިން ހަދާފައި ވަނީ ވެސް މިސްޓީ އެވެ.
ސޮއްޕެ ގެ މި ލަވައާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ވާހަކަދައްކައިލުމުން އިތުރަށް ބުނީ ރެޕް އިންޑަސްޓްރީ އަކީ މުޅި ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ މިއުޒިކް ގެ ބާވަތެއް ކަމަށާއި ރެޕް ލަވަތައް ވަރަށް ހިނގާ ކަމަށެވެ.
“ރާއްޖޭގަ ރެޕް ލަވަތައް އަދި އެހާ މަގުބޫލު ނުވިޔަސް ކުރިޔަށް އޮތް ތާނގަ ރެޕް ލަވަ ހިނގާނެ.” ސޮއްޕެ އިތުރަށް ބުނީ މިކަމަށް ޝައުޤު ހުންނަ އާކުދިން ރެޕް ލަވަ ކިޔާތީ އުފާކުރާ ކަމަށާއި ރާއްޖޭގެ ރެޕް އާޓިސްޓުންނަށް ސަޕޯޓް ކުރާ ކަމަށެވެ. އަދި އެފަދަ ރެޕް އާޓިސްޓުންނަށް ކާމިޔާބަށް އެދޭކަމަށްވެސް ސޮއްޕެ ބުންޏެވެ.
ސޮއްޕެ ހުރީ ރާއްޖޭގައި ރެޕް އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރުވަން ބޭނުންވެފައި ކަން އޭނާގެ ވާހަކަތަކުން އެނގުނެވެ. ސޮއްޕެ ރެޕްކޮށްފައިވާ އެތަކެއް ލަވަތަކެއް ވަނީ ހިޓްވެގެން ގޮސްފަ އެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލް ގައި މީރާ ޕާރފޯމް ކޮށްފައިވާ ‘އެޅި މި ކަނޑުމަތި’ ލަވަގައި ވެސް ސޮއްޕެ ވަނީ ރެޕް ކޮށްފަ އެވެ. މީގެ އިތުރަށް ދިވެހި ފިލްމު ‘ވިޝްކާ’ ގެ ތީމް ލަވައިގައި މަރިޔަމް ރިފްގާ ގެ އިތުރުން ސޮއްޕެގެ ރެޕްގެ ބަނޑިތައް ހިމަނާފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!