ބޮލީވުޑްގެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ދެމަފިރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ހާން އެމީހުންގެ ދެ ވަނަ ދަރިފުޅަށް މި މަހު މަރުހަބާ ކިޔާނެ އެވެ.

ކަރީނާ ވިހަން ވާއިރަށް ދެމަފިރިން އެކި ގޮތް ގޮތަށް ދަނީ ތައްޔާރުވަމުންނެވެ. އެންމެ މުހިންމު ކަމަކަށް ކުރީ އާއިލާ ބޮޑުވާތީ އެހެން ގެއެއް ގަނެ އެ ގެއަށް މިދިޔަ މަހު ބަދަލުވުމެވެ.

މިފަހުން މީޑީއާގައި އެންމެ ބޮޑަށް ސުވާލު ކުރަން ފެށީ ކަރީނާ ވިހަން ވާއިރަށް ސައިފް މަސައްކަތުން މިންޖުވެ ޗުއްޓީ ނަގަނީ ކޮންއިރަކުންތޯއެވެ. ސައިފް އެލޭ އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަރީނާ ވިހަންވާއިރަށް އޭނާ ޗުއްޓީ ނަގައިގެން އުޅޭތާ މިހާރު ހަ މަސްވެއްޖެ ކަމަށެވެ.

ސައިފް ބުނީ އޭނާގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާންގެ އުފަންދުވަހާއި ދިމާކޮށް ޗުއްޓީ ނެގިގޮތަށް އަދިވެސް ހުރީ ޗުއްޓީގައި ކަމަށާއި ދެން މަސައްކަތް ކުރަން ފަށާނީ ކަރީނާ ވިހައި ގަދަވުމުން ކަމަށެވެ. ސާރާގެ އުފަން ދުވަހަކީ 12 އޮގަސްޓެވެ.

ސައިފް ބުނީ އޭނާއަށް އާއިލާއަކީ ފިލްމީ ކެރިއަރުހާ މުހިންމު އެއްޗެއް ކަމަށެވެ. އާއިލާ އާއި ހާއްސަކޮށް ކޮންމެ ދަރިއަކަށް ވަގުތު ދިނުމަކީ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެ ކުދިންނާއި އެކު އެކި ގައުމުތަކަށް ދަތުރުކޮށްލައި މަޖާކޮށް، ތަފާތު ކެއުންތައް ކެއުމަކީ އަބަދުވެސް ކުރާ ހިތުން ކުރާ ކަންކަންކަމަށެވެ.

އެހެންވެ އަލަން ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔުމަށް އޭނާ ވަރަސް ކުރިންސުރެ ތައްޔާރުވާން ބޭނުންވާތީ ދިގު ޗުއްޓީއެއް ނެގީ ކަމަށެވެ.

ސައިފް އެންމެ އަވަހަށް ފިލްމެއްގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ. އެއީ އޯމް ރައުޓް ޑައިރެކްޓް ކުރާ “އާދީޕުރުޝް” އެވެ.

އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 11 ގައި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޞަފޫރާ ޢަލީ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް