ދައްކަން ފެށީއްސުރެން ޓީއާރްޕީގެ އެއްވަނައިގައި ހިފަހައްޓަމުން އަންނަ ސިލްސިލާ ފިލްމު “އަނޫޕަމާ”ގައި އަނޫޕަމާގެ ކެރެކްޓާ ކުޅޭ ރުޕާލީ ގަންގޫލީ އެ ސީރީޒްގައި ފެނިގެންދަނީ ‘ކަޓުގޮތެއް’ ހުންނަ އަންހެނެއްގެ ގޮތުގައެވެ. އޭގައި އޭނާ އަދާކުރަނީވެސް އެފަދަ ރޯލެކެވެ. އެހެން ނަމަވެސް ރުޕާލީ ގަންގޫލީގެ މި ހިތްގައިމު ފޮޓޯތައް ފެނިފައި ކަކުލު ހުޅުން ވާގިދާހާ ރީއްޗޭ ވެސް ބުނެވިދާނެއެވެ.

ރާޖަން ޝާހީ އުފައްދައި، ސްޓާ ޕްލަސް އިން ދައްކަމުން އަންނަ “އަނޫޕަމާ” އަކީ އެއް އެޕިސޯޑް ބަލާފައި އަނެއް އެޕިސޯޑް ނުބަލައި ނުހުރެވޭފަދަ މޮޅު، ރީތި ސީރީޒެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމުގެ ހެއްކަކީ ކޮންމެ ހަފުތާއެއްގައިވެސް މި ސީރީޒްގެ ޓިއާރްޕީ ރޭޓިން ރެކޯޑް މުގުރަމުން އަންނަ އައުމުންނެވެ.

“އަނޫޕަމާ” އަކީ އޭނާގެ ގާތް މީހުންނަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ހުންނަ ވަރަށް ސާދާ އެހެނަސް ސީދާ އަންހެނެއްގެ ވާހަކަ ދައްކުވައިދޭ ސީރީޒެކެވެ. ނަމަވެސް އޭނާ އެއްވެސް މީހަކަށްޓަކައި ޤުރުބާން ނުކުރާނެ އެކައްޗަކީ އޭނާގެ ނަފުސުގެ ޤަދަރެވެ. ނުވަތަ ‘ސެލްފް ރެސްޕެކްޓް’ އެވެ. ހިންދީ ބަހުން ބުނާނަމަ ‘އާަތުމާ ސަންމާން’ އެވެ.

މި ސީރީޒްގައި ރުޕާލީ ގަންގޫލީ ދައްކަމުން އަންނަނީ ކޮސްވާހާ މޮޅު އެކްޓިން އެކެވެ. މިހާރު އަނޫޕަމާގެ ވާހަކަ ގޮސްފައިވާ ހިސާބަށް ބަލައިލާއިރު، އަނޫޕަމާ ހުރީ އަމިއްލަ އެދުމުން ފޯވެފައިވާ އޭނާގެ ފިރިމީހާގެ ކިބައިން ބަދަލުހިފަން ތައްޔާރުވެގެންނެވެ. މިކަމަށްޓަކައި އަނޫޕަމާގެ ސްޓައިލާއި ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނީ ސްޓައިލްގެ އަންހެނަކަށް ވެ، ފިރިމީހާ ވަންރާޖަށް ރަނގަޅު ފިލާވަޅެއް ދޭނެކަމަށް ލަފާކުރެވެނީ މިހާރު ރިލީޒްވެފައިވާ އޭނާގެ ފޮޓޯތަކުންނެވެ.

ސީރީޒްގެ ވާހަކައަށް ކޮންމެފަދަ ބަދަލެއްވެސް ގެނެސްފާނެއެވެ. ނަމަވެސް ރުޕާލީގެ މި ހިތްގައިމު ސިފައަށް ހިތްނުކިޔާ ވަރެއް ނޫންކަން އެއީ ހަމަ ގައިމުވެސް ޔަޤީން ކަމެކެވެ. ރުޕާލީ ގަންގޫލީގެ މި އައު ސިފަ ކިހިނެއް ހެއްޔެވެ؟ ހިތްގައިމުދޯ އެވެ.

ރުޕާލީ ގަންގޫލީ – ފޮޓޯ: ބޮލީވުޑް ލައިފް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.