1980ގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި ހިތްގައިމު އެކްޓްރެސް ނީލަމް ކޮތާރީ އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ގެންދެއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ލިލީ ބީޗް ރިސޯޓުގައެވެ.

ނީލަމް އާއި އޭނާގެ ފިރިމީހާ ސަމީރު ސޯނީ އަދި ދަރިފުޅު އަހާނާ ރާއްޖެ އައީ މިމަހު 12 ވީ ހުކުރު ދުވަހުއެވެ. ނީލަމް އެނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯ އެއްގައި އޭނާ ބުނެފައިވަނީ ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށެވެ.

09 ނޮވެމްބަރު 1967ގައި އިންޑިއާގެ ގުޖުރާތީ އަދި އިރާނުގެ އާއިލާއަކަށް އުފަންވި ނީލަމް ކޮތާރީ އޭނާާގެ އަލަތު ފިލްމު ކުޅުނު އިރު އުމުރަކީ އެންމެ 17 އަހަރެވެ. އެއީ 1984 ގައި ރިލީޒްވި ފިލްމު ”ޖަވާނީ“ އެވެ.

ނީލަމް ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި ”އާގް ހީ އާގް“ (1987)، ”ޕާޕް ކީ ދުނިޔާ“ (1988)، ”ޚަތުރޯން ކޭ ކިލާޅީ“ (1988)، ”ގަރް ކާ ޗިރާގް“ (1989)، ”މިއްޓީ އޯރް ސޯނާ“ (1989)، ”ދޫދް ކާ ކަރްޒް“ (1990)، ”އަގްނީޕަތު“ (1990)، ”އަފްސާނާ ޕިޔާރް ކާ“ (1991)، ”ސާހެބްޒާދޭ“ (1992) އަދި ”ހަމް ސާތު-ސާތު ހެއިނ“ (1999) ހިމެނެއެވެ.

ނީލަމް އާއި ސަމީރް ސޯނީ ކައިވެނިކުރީ 24 ޖެނުއަރީ 2011 ގައެވެ. ކައިވެންޏަށް ދެ އަހަރު ފުރުނު ފަހުން، ސެޕްޓެމްބަރު 2013 ގައި ނީލަމް އާއި ސަމީރް، އަންހެން ކުއްޖެއް އެޑޮޕްޓްކުރިއެވެ. އެ ކުއްޖާއަށް ކިޔީ ’އަހާނާ‘ އެވެ.

މި ދުވަސްވަރު ނެޓްފްްލިކްސް އިން ދައްކަމުން އަންނަ “ފޭބިއުލަސް ލަައިވްސް އޮފް ބޮލީވުޑް ވައިވްސް” ގައި ނީލަމް ހަރަކާާތްތެރިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.