ލޯބީގެ ހާދިސާއަކާ އެކު މަޝްހޫރު ޓައިޓޭނިކް ފެތިގެން ދިޔަ ގޮތް ދައްކުވައިދޭ ފިލްމު “ޓަައިޓޭނިކް (1997)” އަކީ ހަމަ ގައިމުވެސް އެ ފިލްމު ބެލި މީހުންގެ ހިތުން ފިލްމުގެ ހަނދާންތައް ފިލައިގެންދާނެ ފިލްމެއް ނޫނެވެ. އެ ފިލްމު އުފެއްދިތާާ ޒަމާންތަކެއް ވެފައިވާއިރު، “ޓައިޓޭނިކް 2 : ދަ ރިޓަރން އޮފް ޖެކް”ގެ ނަމުގައި އޭގެ ދެވަނަ ބައެއް އުފައްދާާކަމަށް ބަޔަކު މިވަނީ އަޑު ފަތުރާފައެވެ. އަޑު ފެތުރުން އެކަންޏެއް ނޫނެވެ. ފިލްމުގެ ޓްރެއިލާއެއް ވެސް ހަދައި ޔޫޓިއުބަށް ވަނީ ދޫކޮށްލާފައެވެ.

“ޓައިޓޭނިކް 2 : ދަ ރިޓަރން އޮފް ޖެކް”ގެ ޓްރެއިލަރ ބަލައިލުމަށްފަހު މިއީ ހަމަ އަސްލުވެސް އުފެއްދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ފިލްމެއްގެ ޓްރެއިލާއެއް ކަމަށް ޤަބޫލުކުރެވޭނެއެވެ. މި އަހަރު ރިލީޒްވާނެ ކަމަށް ބުނެ ހަދާފައިވާ ޓްރެއިލާއިން ފެނިގެންދަނީ ޖެކްް (ލިއޮނާޑޯ ޑިކެޕްރިއޯ) ސަލާމަތްވެގެން އެނބުރި އައިސް އުޅޭތަނެވެ.

މިއީ ކޮންމެ ބަޔަކު ކޮށްފައި އޮތް މަސައްކަތެއް ނަމަވެސް، އެ މަސައްކަތުގެ ކޮލިޓީއަށް ސާބަސްދޭހާ ވެއެވެ. ނަމަވެސް ހިތާމައަކީ ފޭކް ޕްރޮޕެގެންްޑާއެއް ފަތުރައި، ޓައިޓޭނިކްގެ އިތުރު ބައެއް ބެލުމަށް އެދިއެދި ތިބި ސަޕޯޓަރުންގެ ހިތާއި ކުޅެލައި ހިތް ރޮއްވައިލައި އޮޅުވައިލިކަމެވެ. މި ފިލްމުގެ ޓްރެއިލާތަކާއި ޕޯސްޓަރުތައް ކޮންމެ އަހަރަކުހެން ދައުރުވެއެވެ. މީގެ ކުރިން 2018 ގައި ބަޔަކު ހަދާާފައިވާ ޕޯސްޓަރެއްގައި ބުނީ 2019ގައި މި ފިލްމު ރިލީޒްވާނެ ކަމަށެވެ. ހަމަ އެގޮތަށް 2019ގައި ހެދި ޕޯސްޓަރުގައި ބުނީ 2020ގައި ރިލީޒްވާނެ ކަމަށެވެ.

“ޓައިޓޭނިކް 2 : ދަ ރިޓަރން އޮފް ޖެކް”ގެ ނަމުގަައި ހަދާފައިވާ ފޭކް ޓްރެއިލާ ހެދިގޮތް ވެސް ބަޔަކު މިވަނީ ފަޅާއަރުވާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.