ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ނާރެއް ކަމުގައިވާ އޭވިއޭޝަން އަކީ ގިނަ ބަޔަކު ލޯބި ޖެހިފައިވާ ދާއިރާއެކެވެ. މިފަހަކަށް އައިސް ޒުވާނުން އޭވިއޭޝަނަށް ހުންނަ ލޯބި އިތުރުވަމުން އަންނައިރު ރާއްޖޭގެ އޭވިއޭޝަނުގެ ޚަބަރުތައް ފޯރުކޮށްދިނުމަށް އޭވިއޭޝަން މޯލްޑިވްސް އިން މުހިއްމު ދައުރެއް އަދާކުރެއެވެ.

މިހާރު ރާއްޖޭގައި އެކްޓިވްކޮށް ހުރި އޭވިއޭޝަން ސައިޓުތަކުގެ ތެރެއިން އެންމެ ބޮޑު ފޭން ބޭސްއެއް އޮތީ އޭވިއޭޝަން މޯލްޑިވްސްގައެވެ. މިގޮތުން ފޭސްބުކްގައި ބައިލައްކަ އެއްހައި ފޮލަވަރުން ތިބިއިރު ޓެލެގްރާމް ޗެނެލްގައި ހަތަރު ހާހާއި ގާތް ކުރާ އަަދަދަކަށް އެބަހުއްޓެވެ. މީގެ އިތުރުން އިންސްޓަގްރާމްގައި ވެސް ދެ ހާހެއް މީހުން އޭވިއޭޝަން މޯލްޑިވްސް ފޮލޯ ކުރާކަން ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން އޭވިއޭޝަނާއި ގުޅުންހުރި ހިތްގައިމު ފޮޓޯތަކާއި އެނޫންވެސް މައުލޫމާތު އޭވިއޭޝަން މޯލްޑިވްސް އިން ލިބިގެން ދާނެއެވެ. އެހެންކަމުން އޭވިއޭޝަނަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މި ޕޭޖު ފޮލޯ ނުކޮށް ދޫކޮށްލާ ވަރެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އޭވިއޭޝަން މޯލްޑިވްސް އިން ވަރުގަދައަށް ވަކިހިއްޕާލާފައިވާއިރު، ދާދިފަހުން އެމީހުންގެ ރަސްމީ ވެބްސައިޓެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. އެ ވެބްސައިޓްގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ޚަބަރު، އޭވިއޭޝަން ދާއިރާގެ ތާރީޚް ފަދަ ބައިތައް ހިމަނާފައިވެއެވެ. އޭވިއޭޝަން މޯލްޑިވްސް ވެބްސައިޓްގެ ޔޫއާރްއެލް އަކީ https://aviationmv.com އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.