މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާާއި ފިލްމީ ތަރި އަޙްމަދު ޒިޔާޢު (ޒިޔާ) މިއަދު ކައިވެނިކޮށްފިއެވެ. އެމީހުން ކައިވެނިކުރީ ފެމިލީ ކޯޓުގަ އެވެ.
ޒިޔާ އާއި ޝިދާތާ ކައިވެނި ކުރަން އުޅޭ ކަން ހާމާކުރީ މިދިޔަ މަހު 21ވަނަ ދުވަހުގެރޭގަ އެވެ. އެންގޭޖްވި ކަން ޝިދާތާ ހާމަކުރީ އޭނާގެ ފޭސްބްކް މެދުވެރިކޮށް ވަރުގަދަ ލޯބީގެ މެސެޖަކާ އެކުގައެވެ.
”މިއީ ދިރިއުޅުމަށް އައު މަގެއް. ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް. ސިޒާ ޒޭން އާ އެންގޭޖް ވެއްޖައިން.“ ޝިދާތާ އާއި ޒިޔާ އެންގޭޖްވި ފޮޓޯ އާއެކު ލިޔެލާފައި ވެއެވެ.
ޖަރީރާ އޮންލައިންގެ ‘ވަން ޓު ވަން’ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިދާތާ ބުނީ ދެމީހުން ރައްޓެހިވިތާ އަދި ވާނީ ދެތިން މަސްވަރު ކަމަށާ ދެމީހުންވެސް ބޭނުންވީ އަވަހަށް ކައިވެންޏާ ދިމާއަށް ދިއުމަށް ކަމަށެވެ. އެ ޕްރޮގްރާމުގައި ޝިދާތާ އިތުރަށް ބުނީ އަންބެއްގެ ހަައިސިއްތުން، ޒިޔާގެ ފިލްމީ މަސައްކަަތަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ޝިދާތާ މީގެ ކުރިން ކައިވެންޏެއް ކޮށް އެ ކައިވެނިން ތިން ދަރިން ލިބިފައިވެއެވެ. ޒިޔާ ދެ ކައިވެނި ކޮށްފައިވެ އެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށް ފިރިހެންް ދަރިއެއް ލިބިފައިވެއެވެ.
ދާދި ފަހުން ޒިޔާގެ އަމިއްލަ ސްޓޫޑިއޯއެއް ހަދައި ދެ ލަވައެއް ނެރެ ފިލްމީ މަސައްކަތްތައް ކުރަން ފަށާފައިވެއެވެ. އެގޮތުން ޒިޔާ އާއި ނާއްކޮ އެކްޓްކޮށްފައިވާ ”ލޯބި ދޭނަން ޔަޤީން“ ލަވަ ފާހަގަކޮށްލެވެއެވެ.
ޝިދާތާ އާއި ޒިޔާއަށް ބާއްޖަވެރި ޒަވާާޖީ ހަޔާތަކަށް އެދެމުން މުނިއަވަސް ޓީމާއި ކިޔުންތެރންގެ ފަރާތުން މަރުޙަބާ ކިޔަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
