މިފަހަރުވެސް ހަލީމް ހޮވަމާާ
❖ ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަށް މިފަހަރުވެސް އަދުނާނު ހަލީމް

ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި، ގިނަ ދައުރުތަކެއްގައި ފުރުއްވަވަމުން ގެންދަވާ އެ ދާއިރާގެ މިހާރުގެ މެންބަރު އަދުނާނު ހަލީމްގެ ކެމްޕެއިން ޕޯސްޓަރު އާއްމުކޮށްފިއެވެ. އޭނާގެ ކެމްޕެއިން ޕޯސްޓަރު އާއްމުކޮށްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

ޖާހާއި ހައިބައިތު ބޮޑު، ސިޔާސީގޮތުން ފާޓުފުޅާކަން އިންތިހާއަށް ހުންނަ އަދުނާނު ހަލީމް ރައްޔިތުންގެ މަަޖިލިސް އަށް ކުރިމަތިލާފައިވަނީ އޭނާގެ ރަސްމީ ލޯގޯ އާއި ސްލޯގަން ރައްޔިތުނަށް ވިއްކުމުގެ ދަޅަ ދައްކައިގެންނެވެ. ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ގޮނޑި މިފަހަރުވެސް އަދުނާނު ހަލީމް ނެގުމަށް ހުރީ ފޫގަޅުއްވައިގެންނެވެ.

ނަމަވެސް މިފަހަރުގެ އިންތިޚާބަކީ ހަލީމަށް ފަސޭހަ އިންްތިޚާބަކަށް ނުވާނެކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ. ހަލީމު ބަލިކުރުމަށް، ހަލީމާއި ވާދަކުރަން ނުކުމެ ހުރީ ބަދަލެއްގެ ފެށުމަށް ނުކުމެ ހުރި ”މަރްޔަމް”އެވެ. އާދެ، އަޅުގަނޑުމެންގެ މަރްޔަމް މުޙައްމަަދު އެވެ. ”މަރްޔަމް”ގެ ކެމްޕޭން ވެސް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް މިހާތަށް ފެނިފައިވާ މަންޒަރުތަކުން، މި އިންްތިޚާބުގެ ކެމްޕޭނުގައި ”މަރްޔަމް”އަށް ލައްކަ ގިނަ ގޮންޖެހުންތަކާ، ދުއްތުރާތަކާ، ނުރައްކާތައް ހަލީމުގެ ފަރާާތުން ކުރިމަތިވާނެ ވަނީ އެނގިފައެވެ.

މި ކުރެވުނީ ޢިއްޒަތްތެރި މެންބަރު އަދުނާނު ހަލީމް (އަޙްމަދު ސަޢީދު) އަށް އެންޓިކެމްޕޭނެއް ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައި މުނިއަވަސް އަށް ފިޔަވަޅެއް އައުންވެސް އެކަށީގެންވެއެވެ. މައްސަލައެއް ނެތެވެ. އަހަރުމެން މިތިބީ ”މަރްޔަމް”އާ އެކީގައެވެ. ކެމްޕޭނުކުރާނީ ”މަރްޔަމް”އާ އެއްކޮޅަށެވެ.

މި ދައްކަނީ ”މަރްޔަމް”ގެ ވާހަކަައެވެ. ”މަރްޔަމް”ގެ ރަސްމީ ޓްރެއިލާ ނިކަން ރަނގަޅަށް ބަލައިލުމުން ލައްކަގިނަގުނަ ސިޔާސީ ކުޅިވަރު ފެންނާނެއެވެ. މި ހުރިހައި ކުޅިވަރެއް، ނިކަން ތަފުސީލުކޮށް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް ވަރަށް އަވަހަށް ފެނިގެންދާނެއެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

’އެއްކާފު’ގެެ ”މަރްޔަމް”ގެ އަަކީ ވިސާން ކަނޑި ޑައިރެކްޓްކޮށް ކެމެރާކޮށްފައިވާ ފިލްމެކެވެ. ސްކްރީންޕްލޭ ލިޔުނީ އަހްމަދު ޒަރީރު އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ އޯކޭޒް އިންކް އިންނެވެ.

މީޑިއާނެޓްގެ ފުރަތަމަ އޮރިޖިނަލް ފީޗާާ ފިލްމު ”މަރްޔަމް”ގެ މުހިންމު ރޯލުތަކުން މަރްޔަމް މަޖްދާ އާއި އަހްމަދު ސައީދުގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ފެނިގެންދާނެއެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަށް މިފަހަރުވެސް އަދުނާނު ހަލީމް

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.